March 15, 2026
Advertisement
މާލޭ މަގެއްގެ މަތި
މާލޭ މަގެއްގެ މަތި / ސަން އޮންލައިން

ބިދޭސީންނަށް ވެހިކަލް ރެޖިސްޓާ ކުރުން މެނދުކަނޑާލައިފި

Faina Faiz
ފައިނާ ފާއިޒް
Dec 2, 2025, 02:56 AM
މާލެ ސިޓީ

ބިދޭސީންނަށް ވެހިކަލް ރެޖިސްޓާ ކުރުމުގެ ޚިދުމަތް މެނދުކަނޑާލައިފިއެވެ.

Advertisement

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި ހިދުމަތް މެދުކަނޑާލެވިފައިވަނީ ވަގުތީގޮތަށް ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ޚާއްސަކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުތައް ގިނަވެ، ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އިސްލާހުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ގެންދެވެމުން ކަމަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަ ހައްލު ކުރުމަށްޓަކައި ހާއްސަ ޕާކިން ބިލްޑިންތަކެއް އެކި ސަރަހައްދުތަކުގައި އަޅާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާނަމަވެސް މި މަސައްކަތް ކުރިއަށް ނުދާކަން ފާހަގަކުރެވެއެވެ.

ވެހިކަލްތަކާއި ތޮއްޖެހުމުގެ މައްސަލަ އަންނަނީ ދުވަހަކަށް ވުރެ ދުވަހަކަށް އިތުރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved