

ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަަމަލާދިން މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން "ވާނުވާ" އަށް ބަންދުކޮށްފި އެވެ.
ހުޅުމާލޭ 1 ގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެންމީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލީ އިއްޔެ މެންދުރެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގަލްދޭޝަށް ނިސްބަތްވާ ޖަހަންގިރް މިއާ، 25، އެވެ.
ފުލުހުން ބުނީ ޖަހަންގިރް މިއާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި އަންހެން މީހާއަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.