

ވަގަށް ސިނގިރޭޓު އެތެރެކުރި ބަންގްލަދޭޝް މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ 12:15 ހާއިރު ތިލަފުށި ބޯޓުޔާޑުގައި އޮތް ދޯންޏެއް ފުލުހުން ބަލައި ފާސްކުރިއިރު ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ، މެންޗެސްޓަރ ބްރޭންޑުގެ 32 ކާޓޫނު ސިނގިރެޓް ފެނުނު ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންސްލަދޭޝް ރައްޔިތެއްކަމަށް ވާ އަބްދުލް ކަރީމް(45އ) އެވެ.
މި މައްސަލައާއި ގުޅިގެން އަބްދުލްކަރީމްގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އިއްޔެއަށް މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަަށ އިތުރު 15 ދުވަސް ކޯޓުން ޖެހިއެވެ. އަދި މިމައްސަލާއި ގެ މުއްދަތުގައި އޭނާ ބުނެފައި ވަނީ އެ ސިނގިރޭޓުތަކަކީ އޭނާގެ ރައްޓެއްސަކު ދިން އެއްޗެއް ކަމަށެވެ.
ފުލުހުން މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.