މާލެ އަތޮޅު ގުޅީފަޅުކައިރިން މަރުވެފައި އޮތް ބިދޭސީ ފިރިހެނެއްގެ ހަށިގަނޑު ފެނެއްޖެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައި ވަނީ ޑިސެންބަރު 18 ވަނަ ދުވަހުގެ 13:21 ހާއިރު ކަމަށެވެ.
މީހާގެ ހަށިގަނޑު ކަނޑުން ނަގައި ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައިއެވެ.
އިތުރަށް ފުލުހުން ބުނެފައި ވަނީ، މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައި ކަމަށެވެ.
މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން އަދި މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައިއެވެ.