March 15, 2026
Advertisement
ހުޅުމާލެ
ހުޅުމާލެ / ސޯޝަލް މީޑިއާ

ހުޅުމާލޭގައި ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯވް ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 2, 2025, 11:04 PM
މާލެ ސިޓީ

ހުޅުމާލޭގެ ހުސްބިންތަކާއި މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓޯ ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

Advertisement

ފުލުހުން މިއަދު ބުނީ ހުޅުމާލޭގެ ހުސްބިންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ ހުރި އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެފަދަ އުޅަނދުތައް ޓޯ ކޮށް ފުލުހުން ކަނޑައަޅާ ތަންތަނަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. އެފަދަ އުޅަނދުތައް އަންނަ ހޮނިހިރު ދުވަހުގެ ރޭ 11:30ގެ ކުރިން އެތަންތަނުން ނެގުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

މީގެ ކުރިންވެސް ގަވާއިދާއި ޚިލާފަށް ޕާކް ކޮށްފައި ހުރި އުޅަނދުތައް ނަގާފައިވާއިރު ޕާކް ކުރާނެ އިންތިޒާމްތަކެއް ސަރުކާރުން ހަމަޖައްސައިދީފައިނުވެއެވެ. ޕާކް ކުރުމުގެ ދަތިކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަ އިރު މިކަމަށް ހައްލެއް ހޯދައިނުދީ ޓޯވް ކުރުމަކީ އުސޫލެއް ނޫން ކަމަށް ބުނެ އާންމުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved