April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަޝިޔާގެ ދެ ތެޔޮ ޓޭންކަރަކަށް ޔޫކްރޭނުން ހަމަލާދީފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 3, 2025, 03:04 PM
މާލެ ސިޓީ

ރަޝިޔާގެ ދެ ތެޔޮ ޓޭންކަރަކަށް ޔޫކްރޭނުން ހަމަލާދީފިއެވެ.

Advertisement

ޔޫކްރޭނުން ރަޝިޔާގެ ދެ ތެޔޮ ޓޭންކަރަކަށް ވައިގެ ހަމަލާތައް ދީފައިވަނީ ދެގައުމުގެ އޮފިޝަލުން ސުލްހައިގެ އެއްބަސްވުމަކާއެކު ކުރިއަށް ދާނެ ކަމަށް ބެލެވުނުތާ ގަޑިއެއްހާއިރު ކުރިންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓޭންކަރުތަކަށް ހަމަލާދީފައިވަނީ ރަޝިޔާގެ ހަކަތަ ދާއިރާއިން ބޭނުންކުރާ މުހިއްމު މަގެއްގެ ތެރެއިން ތެޔޮ ދަތުރުކުރަމުން ދަނިކޮށެވެ. އެމަޖެންސީ ޓީމުތައް އެތަނަށް ގޮސްފައިވާއިރު، ރަޝިޔާގެ އޮފިޝަލުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. ގެއްލުން ލިބުނު މީހުންގެ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

ޔޫކްރޭންގެ މަސްދަރުތަކުން ބުނެފައިވަނީ މިއީ ރަޝިޔާގެ އަސްކަރީ ސަޕްލައި ލައިންތައް ބަލިކަށިކުރުމުގެ މަގުސަދުގައި ދިން ހަމަލާއެއް ކަމަށެވެ. އެމީހުން ބުނަމުން ދިޔައީ ސުލްހައިގެ މަޝްވަރާތައް ކުރި ނަމަވެސް ރަޝިޔާއިން އަސްކަރީ ޕްރެޝަރު ކުރިއަށް ގެންދިއުމުން ޔޫކްރޭނަށް ޖަވާބުދާރީވާން މަޖުބޫރުވެފައިވާ ކަމަށެވެ. ނަމަވެސް ރަޝިޔާއިން ވަނީ މިހަމަލާ ކުށްވެރިކޮށް، މިއީ “ސުލްހައިގެ މަސައްކަތްތައް ސަބޮޓޭޖް ކުރުމަށް ކުރާ މަސައްކަތެއް” ކަމަށް ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ޝެޑިއުލް ކުރެވިފައިވާ ސުލްހައިގެ އެއްބަސްވުމާ މެދު ޝައްކު އުފެދިފައިވާއިރު، ދެ ފަރާތުގެ މެދުގައި އޮތް އިތުބާރަށް އަސަރު ކުރާނެ ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ވަނީ އިންޒާރު ދީފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved