April 27, 2026
Advertisement
-
- / އަލްޖަޒީރާ

އިންޑިއާގައި ވިއްކާ ހުރިހާ ފޯނަކަށް ރައްޔިތުންނަށް ފާރަލާނެ އެޕެއް އަޅަން މަޖުބޫރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 3, 2025, 11:04 PM
މާލެ ސިޓީ

އިންޑިއާގައި ވިއްކާ ހުރިހާ ފޯނަކަށް ރައްޔިތުންނަށް ފާރަލާނެ އެޕެއް އަޅަން މަޖުބޫރުކޮށްފިއެވެ.

Advertisement

ނަމަވެސް ރިޕޯޓްތަކުން ބުނާ ގޮތުގައި މިއީ އޮންލައިން ސްކޭމްތަކާއި އެހެނިހެން ޖަރީމާތަކާ ކުރިމަތިލުމަށް އިންޑިއާ ސަރުކާރުން ނިންމި ނިންމުމެއްކަމަށް އިންޑިއާ ސަރުކާރުން ބުނާ ކަމަށެވެ.

މިގޮތުންސްމާޓްފޯން އުފައްދާ ފަރާތްތަކަށް ވަނީ އާ ހުރިހާ ޑިވައިސްތަކެއްގައި ދައުލަތުގެ ސައިބަރ ސެކިއުރިޓީ އެޕް ޕްރީ އިންސްޓޯލް ކުރުމަށް ކަމަށް  އަންގާފައި ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ޑިޕާޓްމަންޓް އޮފް ޓެލެކޮމިއުނިކޭޝަންސް (ޑީއޯޓީ) އިން މިހާރު ވެސް ދައުރުވަމުންދާ ޑިވައިސްތަކުގައި އެޕް އިންސްޓޯލް ކުރުމަށް ސޮފްޓްވެއާ އަޕްޑޭޓެއް ޕުޝް ކުރަން ޖެހޭ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.

ޖެނުއަރީ މަހު ނެރުނު މި އެޕް މިހާރު ޑައުންލޯޑް ކުރެވޭއިރު، އިންޑިއާގެ 1.2 ބިލިއަން ސްމާޓްފޯން ޔޫޒަރުންނަށް މި އެޕް އިންސްޓޯލް ކުރުމުގެ އިޚްތިޔާރު ލިބިގެންދެއެވެ.

ސަރުކާރުން ބުނާ ގޮތުގައި މި އެޕަކީ ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްކުރާ ފޯނުތަކުގެ ނެޓްވޯކް އެކްސެސް ކަނޑާލުމަށް ބޭނުންކުރާ ކޮންމެ ޑިވައިސްއަކަށް ޑުޕްލިކޭޓްކޮށް ނުވަތަ ސްޕޫފްޑް އިންޓަނޭޝަނަލް މޮބައިލް އިކުއިޕްމަންޓް އައިޑެންޓިޓީ (އައިއެމްއީ) ނަންބަރުތަކުން ސައިބަރ ސެކިއުރިޓީއަށް "ސީރިއަސް ނުރައްކަލެއް" ކުރިމަތިވުމާ ދެކޮޅަށް މަސައްކަތް ކުރުމަށް ކޮންމެހެން ބޭނުންތެރި އެޕެކެވެ.

ސަރުކާރުން މިހެން ބުނި ކަމުގައިވިޔަސް މިކަމާއި ދެކޮޅަށް އިންޑިއާ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިގޮތުން އިންޑިއާގައި އެއްވެސް މިނިވަންކަމެއް ނެތް ކަމަށާއި ވަކިން ޚާއްސަކޮށް މިއީ މުސްލިމުންނާއި ދެކޮޅަށް އަޅާ ފިޔަވަޅެއް ކަމަށްވެސް ތުހުމަތުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved