April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޗައިނާއިން ޕާކިސްތާނަށް އެންމެ ފެންވަރު ރަނގަޅު އަސްކަރީ ވަސީލަތްތައް ފޯރުކޮށްދޭނެ ކަމަށް ވައުދުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 3, 2025, 11:30 PM
މާލެ ސިޓީ

ޗައިނާގެ އެންމެ މޮޅު އަސްކަރީ ޓެކްނޮލޮޖީ ޕާކިސްތާނާ ހިއްސާކުރަމުން ގެންދާނެ ކަމަށް ޗައިނާ އިން ބުނެފިއެވެ. ޗައިނާގެ މަތީ ތަޖުރިބާކާރެެއް ކަމަށްވާ ވިކްޓަރ ގާއޯ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ފޯރަމެއްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައެވެ.

Advertisement

ގާއޯ ވިދާޅުވީ ޕާކިސްތާނުގެ އިސްތިގުލާލު ހިމާޔަތްކުރުމުގައި ޕާކިސްތާނަށް އެހީތެރިވުމަށް ޗައިނާއިން ވައުދުވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މި ސަޕޯޓްގެ ތެރޭގައި ޒަމާނީ ހާޑްވެއާ، ސޮފްޓްވެއާ، އަދި އެހެނިހެން އަސްކަރީ ވަސީލަތްތައް ހިމެނޭ ކަމަށެވެ.

މާހިރު ވަނީ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ސްޓްރެޓެޖިކް ޕާޓްނަޝިޕަށް އަލިއަޅުވާލައްވާފައެވެ. ޗައިނާއިން ޕާކިސްތާނަކީ މި ސަރަހައްދުގެ ގާތް އަދި އިތުބާރު ކުރެވޭ އެކުވެރިއެއްގެ ގޮތުގައި ދެކޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ގާއޯ ވިދާޅުވި ގޮތުގައި ޗައިނާ އާއި ޕާކިސްތާނުގެ އެއްބާރުލުން ދިނުމުގެ ބޭނުމަކީ ސަރަހައްދީ ހަމަޖެހުން ވަރުގަދަ ކުރުމެވެ. އަދި ދެ ގައުމަށް ވެސް ސަލާމަތީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ދެކުނު އޭޝިއާގައި ފިތުނަތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ޗައިނާ އާއި ޕާކިސްތާނުގެ ޕާޓްނަޝިޕަކީ ދުނިޔޭގެ މަޝްވަރާތަކުގައި މުހިންމު މައުޟޫއަކަށް ވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved