April 27, 2026
Advertisement
-
- / ޓައިމްސް ނައު

ކުރިން ބުނި އެތި ކެންސަލް: ހައްޔަރުކުރިއަސް ނިއުޔޯކަށް ދާނަން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 5, 2025, 07:30 AM
މާލެ ސިޓީ

ނިއުޔޯކްގެ މޭޔަރު ކަމުގެ އިންތިޚާބު މުސްލިމް ކޮމިއުނިޓީއަށް ނިސްބަތްވާ ޒަހްރާން މަމްދާނީ ކާމިޔާބު ކުރެއްވުމާއި އެކު ނިއުޔޯކަށް ނުދާނެ ކަމަށް ވިދާޅުވި ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރިއަސއ ނިއުޔޯކަށް ދާނެ ކަމަށް ބުނެފިއެވެ.

Advertisement

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރާނެ ކަމަށް ނިއު ޔޯކްގެ އިންތިހާބީ މޭޔަރު ޒަހްރާން މަމްދާނީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއަށް ކުރަން އޮތް ދަތުރުގައި މަމްދާނީއާ ބައްދަލުކުރާނަންތޯ ނަތަންޔާހޫ އާއި ސުވާލުކުރުމުން ނަތަންޔާހޫ ބުނީ "މަމްދާނީގެ ވިސްނުން ބަދަލުކޮށް، އިޒްރޭލު އޮތުމުގެ ހައްގު އޮންނާނެ ކަމަށް ވިދާޅުވެއްޖެ ނަމަ" އެއީ ވާހަކަ ދައްކަން ރަނގަޅު ފެށުމަކަށް ވާނެ ކަމަށެވެ.

ނަމަވެސް މަމްދާނީއަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރައްވާ ސަހްޔޫނީން ހިންގަމުންދާ ގަތުލުއާންމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރި ބޭފުޅެކެވެ. އޭނާ ވިދާޅުވެފައިވަނީ އެއްވެސް ދައުލަތަކީ ވަކި ދީނަކަށް، ނަސްލަކަށް އަދި އެހެން ކަމަކަށް ބަލައިގެން އެ ބަޔަކަށް ހާއްސަ ދައުލަތެއްގެ ގޮތުގައި އޮތުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.

އަންނަ މަހު މޭޔަރުކަމާ ހަވާލުވެ ވަޑައިގަންނަވާ މަމްދާނީ ކެމްޕެއިން ތެރޭގައި ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮތުގައި އޭނާގެ މޭޔަރުކަމުގައި ނަތަންޔާހޫ ނިއު ޔޯކަށް ވަދެފި ނަމަ، ޣައްޒާގެ ނަސްލު ނައްތާލުމުގެ ޖަރީމާގެ މައްސަލައިގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން މިދިޔަ އަހަރު ނެރެފައިވާ ހައްޔަރު އަމުރު ތަންފީޒުކުރަން ފުލުހުން ފޮނުވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved