April 17, 2026
Advertisement
އިސްރާއިލް ގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެތައް ސުންނާފަތިވެފަ
އިސްރާއިލް ގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ގެތައް ސުންނާފަތިވެފަ / އަލްޖަޒީރާ

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 30،410 އަށް އަރައިފި

Aishath Naja
އައިޝަތު ނަޖާ
Mar 4, 2024, 06:00 PM
ފަލަސްޠީން

އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30،410 އަށް އަރައިފިއެވެ.

Advertisement

ޣައްޒާގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 30،410 އަށް އަރާފައިވަނީ ފާއިތުވި 24 ގަޑިއިރު ޝަހީދުކޮށްލި 90 މީހުން ހިމެނިގެންނެވެ.

ފާއިތުވި 24 ގަޑިއިރު ނިރުބަވެރިން ދިން ހަމަލާގައި 90 މީހަކު ޝަހީދުވެފައިވާއިރު، އިތުރު 117 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއާއި އެކީ ޣައްޒާއިން އެކިވަރުގެ ޒަހަމްތައް ލިބުނު މީހުންގެ އަދަދު ވެސް ވަނީ 71،700 އަށް އަރާފައެވެ.

އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުން އަންނަ ހަމަލާތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރުމަށް ހަމާސް ޖަމާއަތުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދެމުން އަންނަ ހަމަލާތަކެކެވެ.

މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ޝަހީދުވެފައިވި ނަމަވެސް، ނިރުބަވެރިން ބުނެފައިވަނީ އެ ހަމަލާތަކަކީ އެއީ އާންމުންނަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެއް ނޫން ކަމަށެވެ.

އަދި ދާދި ފަހުން ޣައްޒާގައި އެހީ ހޯދުމަށް ކިޔު ހަދައިގެން ތިއްބާ ގިނަ ބަޔަކު ޝަހީދު ކޮށްލި ހާދިސާއާއި ގުޅިގެން ވެސް ޔަހޫދީން ބުނެފައިވަނީ އިސްރާއީލުން ގަސްތުގައި އާންމުންނަށް އަނިޔާއެއް ނުދޭނެ ކަމަށާއި އެ ހާދިސާ ތަހުގީގު ކުރާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved