March 15, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

އައްޑޫ ސިޓީ އޮޕަރޭޝަން: މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 6, 2025, 08:00 PM
މާލެ ސިޓީ

ރާއްޖޭގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ އޮޕަރޭޝަނުގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

މި އޮޕަރޭޝަނާއި ބެހޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، އޮޕަރޭޝަނުގައި މިހަތާނަށް ކޯޓު އަމުރެއްގެ ދަށުން 10 ތަނެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްގޮސްފައިވާކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރެވި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު މީހަކު އިއްޔެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކޮށް ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.

މި އޮޕަރޭޝަނުގައި ވަނީ އެ ސިޓީގައި މަސްތުވާތަކެތީގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރަމުންދާ މީހުން އަތުލައިގަނެފައެވެ. ފުލުހުން ވަނީ އެމީހުންގެ ވަނަވަރުވެސް އާއްމުކޮށްފައެވެ. އެމީހުންނަކީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ. 

އޮަޕަރޭޝަން އަލިމަގުގެ ތެރެއިން ފުލުހުން ވަނީ ގިނަ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved