ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަޕާނުގެ އިރު އުތުރުން 80 ކިލޯމީޓަރު ދުރުން ކަނޑުގެ 50 ކިލޯމީޓަރު އަޑިން އައި މި ބިންހެލުމުގެ ބާރުމިން 7.6 މެގްނިޓިއުޑް އަށް އަރަ އެވެ.
މި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ އެކި ސިޓީތަކާއި އަވަށްތަކުން އެއް ލައްކައަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ ސުނާމީގެ އިންޒާރުގައި ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން އެ ގައުމުގެ އަށްސޭރިއަށް ތިން މީޓަރު ނުވަތަ 10 ފޫޓުގެ އުސްމިން ހުރި ސުނާމީ ރާޅު އެރުން އެކަށީގެންވާ ކަމަށެވެ.
ސުނާމީގެ އިންޒާރު ނެރެފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހޮކައިޑޯ، އައޮމޮރީ، އަދި އިވަޓޭ ހިމެނެ އެވެ.
🚨 BREAKING: Terrifying 7.2 magnitude earthquake in Aomori, Japan#JapanEarthquake #AomoriQuake #TsunamiWaves #JMA #BreakingNews pic.twitter.com/sxgTN9nLs7
— B.Pratap (@imbpratap) December 8, 2025