March 15, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ތޫފާނުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 627 އަށް

Yana Shareef
ޔާނާ ޝަރީފް
Dec 9, 2025, 03:20 AM

ސްރީ ލަންކާއަށް މިދިޔަ މަހުގެ ފަހުކޮޅު އެރި ތޫފާން ޑިޓްވާގެ ސަބަބުން މަރުވި މީހުންގެ އަދަދު 627 އަށް އަރައިފިއެވެ.

Advertisement

ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ން ބުނީ މި ތޫފާނުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 627 މީހުން މަރުވެ، 190 މީހުން ގެއްލިފައިވާ ކަމަށެވެ.

މިއަދު މެންދުރުގެ ވަގުތެއްގައި އާންމުކުރި އެންމެ ފަހުގެ އާދާމައިގައިވާ ގޮތުން 25 ޑިސްޓްރިކްޓެއްގެ 2.17 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ތޫފާނުގެ އަސަރުކޮށްފައެވެ.

ޑީއެމްސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 611،530 އާއިލާއަކަށް ވަނީ އަސަރުކޮށްފައެވެ. އޭގެ ތެރެއިން 4،517 ގެއަކަށް ދިރިނޫޅެވޭ ވަރަށް ގެއްްލުންވެފައިވާއިރު، 76،066 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.

މި ތޫފާނުގައިއެންމެ ބޮޑަށް ގެއްލުން ލިބުނީ ކެންޑީ ޑިސްޓްރިކްޓަށެވެ. މީިގޮތުން އެ ޑިސްޓްރިކްޓުގެ 1،800 ގެއެއް އެއްކޮށް ހަލާކުވިއިރު، 13،000 އަށް ވުރެ ގިނަ ގެތަކަށް ގެއްލުން ލިބިގެންނެވެ. މީގެ އިތުރުން ކޮލަމްބޯ، ކުރުނެގަލާ، ކެގައްލެ، ބަދުއްލާ އަދި ނުވަރަ އެލިޔާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ގެދޮރު ގެއްލިފައިވާ އާއިލާތަކަށާއި ފެންބޮޑުވެ ގެދޮރު ދޫކޮށްލަން ޖެހުނު އާއިލާތަކަށް 956 ސޭފްޓީ ސެންޓަރު ގާއިމްކޮށްފައި ވެެެއެވެ. އަދި މިއަދުގެ މެންދުރުގެ ނިޔަލަށް މިތަންތަނުގައި 27،663 އާއިލާ ދިރިއުޅެމުން އަންނައިރު، އެއީ 89،857 މީހުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved