ފިނި ގަދަވެގެން ޣައްޒާއިން ނުވަ މަހުގެ ތުއްތު ކުއްޖަކު ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.
އަލްޖަޒީރާ އަރަބިކްއިން ބުނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސްގައި ގަދަ ފިނީގެ ސަބަބުން ނުވަ މަހުގެ އަންހެން ކުއްޖަކު ޝަހީދުވެފައިވާ ކަމަށެވެ.
ހޫނުމިން ދަށްވެ، ބޯކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް، އިސްރާއިލުން ދަނީ އިންސާނީ އެހީތައް ފޯރުކޮށްދިނުމަށް މަނާ ކުރަމުންނެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސުން ބުނީ އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ގަދަކަމުން ގެދޮރުން ބޭރުކުރި އާއިލާތައް މިހާރު ތިބީ ފެންބޮޑުވެފައިވާ ޓެންޓުތަކުގައި ތާށިވެފައި ކަމަށެވެ.
އދ.ގެ ސްޕެޝަލް ރެޕަޓުއަރ ފްރެންސެސްކާ އަލްބަނީޒް ވިދާޅުވީ މި ވަރުގަދަ ތޫފާނުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ބަނޑުހައިހޫނުކަން އިތުރަށް ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށެވެ.