March 20, 2026
Advertisement
ރައްކާތެރި ނުވާތީ ވިލިމާލެ ދެ ކަނޑުއޮޅި ވަނީ ބަންދުކޮށްފައި
ރައްކާތެރި ނުވާތީ ވިލިމާލެ ދެ ކަނޑުއޮޅި ވަނީ ބަންދުކޮށްފައި / މިހާރު

ވިލިމާލެ ދެ ކަނޑުއޮޅި ބަންދުކޮށްފި، ދަތުރުކުރާ ނަމަ ފިޔަވަޅު އަޅާނެ!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 5, 2024, 12:28 AM
މާލެ ސިޓީ

މާލެއާއި ވިލިމާލެ ކަނޑުއޮޅިއާއި ވިލިމާލެއާއި ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން ދަތުރުކުރާ މީހުންގެ ލައިސެންސް ހިފަހައްޓާނެކަމުގެ އިންޒާރު ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.

Advertisement

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ދެ ކަނޑުއޮޅިން އުޅަނދުފަހަރު ދުއްވުމަކީ މަނާކޮށްފައި އޮތް ކަމަކަށްވިޔަސް އަދިވެސް އެތަނުން އުޅަނދުފަހަރު ދަތުރުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.

ވަކިން ހާއްސަކޮށް އެތަނުން ފެންނަނީ ރިސޯޓުތަކުގެ ސްޕީޑު ބޯޓުތައް ދުއްވާ މަންޒަރު ކަމަށް އިއުލާނުގައި ބުންޏެވެ.

އެ އިއުލާނުގައި ބުނީ މާލެ-ތިލަފުށި ލިންކް މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްފް އެލެވޭޓަޑް ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެ ކަނޑުއޮޅީގައި ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މިނިސްޓްރީން މީގެ ކުރިން ތަކުރާރުކޮށް ވަނީ ބްރިޖު މަސައްކަތް ހިނގަމުން އަންނަ ކަނޑުއޮޅިތަކުން ދަތުރުކުރުން މަނާކޮށްފައިވާކަން ހަނދާންކޮށްދީފައެވެ.

އެހެންވެ ގަވައިދާ ޚިލާފަށް އެ ދެ ކަނޑުއޮޅިއަށް ވަދެއްޖެނަމަ އެއް މަސް ދުވަހަށް ލައިސެންސް ހިފަހައްޓާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މި ދެ ކަނޑުއޮޅިން ދުއްވުން މަނާކުރީ ބްރިޖު މަސައްކަތަށް ބޭނުންކުރާ ބޮޑެތި އުޅަނދުތަކުގެ ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅައިފައި ހުރުމުން ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ލިބިދާނެ ގެއްލުމަކަށް ޓަކައެވެ.

މި ފަހުން ވެސް ބަންދުކޮށްފައިވާ ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރި ލޯންޗެއް އެކްސިޑެންޓުވެ ބަޔަކަށްވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved