

މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ސަރުކާރުން ފަށަން ބުނި ޓެކްސީ ލައިނު ނުފަށާ މަހުގެ މެދަކަށް ދިޔައިރުވެސް ސަރުކާރަށް ތާރީހެއް ނުދެވުނުކަން ހާމަވެއްޖެއެވެ.
އޭޕްރީލް މަހުގެ ތެރޭގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެންމެ ފުރަތަމަ ވިދާޅުވީ ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި ޓެކްސީ ލައިނު ފަށާނެ ކަމަށް ވިދާޅުވެފައިވާތީ ޓެކްސީ ލައިނު ތައާރަފްކުރާނެ ތާރީޚަކާ ގުޅޭ ގޮތުން އޮންލައިން ނޫހަކުން ޓްރާންސްޕޯޓު މިނިސްޓްރިއާ ސުވާލުކުރުމުން އެ މިނިސްޓްރީއިން ބުނެފައިވަނީ އެ މަޝްރޫއުގެ ތަފުސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.
ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި ޓެކްސީ ހިދުމަތް ތައާރަފުވެގެންދާނެ ކަމަށް ދައުލަތުގެ މީޑިޔާއަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވެފައިވާއިރު، އޯގަސްޓު މަހުގެ ފަހުކޮޅު ޓެކްސީ ލައިނުގެ ހިދުމަތް ފެށޭނެ ކަމަށެވެ. ނަމަވެސް އެ ވިދާޅުވި ޓެކްސީ ލައިނުގެ ހިލަމެއް އަދި ނެތެވެ.