theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރާއްޖެއަށް ދުންފުހުގެ އަސަރުދަނީ ކުރަމުން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ހަބަރު
ސިއްހަތަށް ނުރައްކާވާ މިންވަރަށް ބައެއް ހިސާބުތަކަށް ވައި ނުސާފުވެއްޖެ
Mariyam Isaadha
މަރިޔަމް އިސާދާ
07 ޖެނުއަރީ 2026
މާލެ ސިޓީ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ނުސާފުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ގޯސްވެފައިވާކަން ހާމަވެއްޖެއެވެ.

އެއާ ކޮލެޓީ އިންޑެކްސް އިން ދައްކާ ގޮތުގައި ރާއްޖޭގެ ބައެއް ސަރަަހައްދުތަކުގައި ވައިގެ ކޮލެޓީ ހުރީ ޑަބްލިއުއެޗްއޯ އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ ވެސް މަތީގައެވެ.

އެގޮތުން ބައެއް ހިސާބުތަކަށް 193 އާއިި 163 ދެމެދުގައި ވައި ކޮލިޓީ ހުރިިއިރު މިއީ ރަތް އެލާޓު ނުވަތަ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައި ހުރުމެވެ.

އެއާ ކޮލެޓީ މޮނީޓާ ސިސްޓަމުން ދައްކާ ގޮތުގައި، މިވަގުތު މާލެ ސަރަހައްދުން ވައި އެންމެ ނުސާފީ ވިލިމާލެ އަށެވެ. ވިލިމާލޭގައި ވައިގެ ކޮލިޓީ ހުރީ 193ގައި ކަމަށްވާއިރު، ވިލިމާލޭގެ ވައިގައި ހިމެނޭ ފައިން ޕާޓިކިއުލޭޓް މެޓާ (ޕީއެމް 2.5) ހުރީ 79 މައިކްރޯ ގްރާމްގައެވެ.

މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެންމެ ދަށް މިންވަރަށް ވުރެ 15.8 މަތީ މިންވަރެއްކަން ފާހަގަކޮށްލެވެއެވެ.

މާލޭގެ ވައި ކޮލިޓީ ވެސް ހުރީ 118ގަ އެވެ. މިއީ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ހާލަތެކެވެ.

ތިން ވަނައަށް އެންމެ ވައި ނުސާފީ ދ. ކުޑަހުވަދޫ އަށެވެ. އެ ރަށުގެ ވައި ކޮލިޓީ ހުރީ 158ގައެވެ. މިއީ ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ ހާލަތެކެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނި ގޮތުގައި، ވައިގެ ނުސާފުކަން އެންމެ ބޮޑުވާނީ ބުދަ ބުރާސްފަތި ދެ ދުވަހުއެވެ. އަދި ކުރިއަށް އޮތް ހަފްތާތަކުގައި ވެސް ވައި ނުސާފުވާނެއެވެ.

މި ހާލަތުގައި ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރަށް ނުކުންނަން ޖެހޭ ހާލަތުގައި ރައްކާތެރި މާސްކު އެޅުމާ ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާ އެއާ ޕިއުރިފައިއާ ބޭނުން ކުރުމުގެ އިތުރުން ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން ރައްކާތެރިއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved