April 27, 2026
Advertisement
,
, / ރޮއިޓަރސް

މުޒާހަރާތަކާ ގުޅިގެން ބަލްގޭރިއާ ސަރުކާރު އިސްތިއުފާ ދީފި

Yana Shareef
ޔާނާ ޝަރީފް
Dec 12, 2025, 03:22 AM

ބަލްގޭރިއާގައި ކުރަމުން އަންނަ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ސަރުކާރު އިސްތިއުފާ ދީފިއެވެ.

Advertisement

ބަލްގޭރިއާގައި މުޒާހަރާތައް ފެށިފައިވަނީ އެގައުމުގެ އިގްތިސާދީ ސިޔާސަތުތަކާ ދެކޮޅަށާއި ކޮރަޕްޝަން ނައްތާލުމަށް ފެއިލް ވެފައިވާތީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މި މުޒާހަރާ ފެންމަތިވެފައިވަނީ 2026 ވަނަ އަހަރުގެ ބަޖެޓު ޑްރާފްޓްގައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ޓެކްސް ބޮޑުކުރުމުންނެވެ.

މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު، ރޮސެން ޒެލިއަޒްކޯވް ވަނީ އޭނާއާއި އޭނާގެ ކެބިނެޓުން އިސްތިއުފާ ދީފައިވާކަން މިއަދު ހާމަކޮށްފައެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމީހުންގެ އަމާޒަކީ މުޖުތަމައުގެ އުންމީދުތައް ހާސިލު ކުރުމެވެ.

ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާ ކުރަމުން އަންނައިރު، އެގައުމުގެ ވެރިރަށް ސޯފިއާގައި އެތައް ހާސް ބަޔަކު ވަނީ މުޒާހަރާއަށް ނުކުމެފައެވެ. އެ ސިޓީގެ އިތުރުން ވެސް އެގައުމުގެ އެހެން ސިޓީތަކުގައި ގިނަ ބަޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved