March 16, 2026
Advertisement
ޑރ.މުހައްމަދު ޖަމީލް އަހުމަ
ޑރ.މުހައްމަދު ޖަމީލް އަހުމަ / ސަން

މަސްވެރިން ހިފާ ހައްޔަރުކޮށް އުޅަނދުތައް ނެގީ ގާނޫނު އެއް ފަރާތްކޮށް ބާރު އޮތްކަން ދައްކާލުމަށް: ޑރ.ޖަމީލް

Yana Shareef
ޔާނާ ޝަރީފް
Dec 12, 2025, 03:36 AM

މަސްވެރިންގެ ދުވަހާގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ "މުޒާހަރާ"ގައި މަސްވެރިން ހިފާ ހައްޔަރުކޮށް އުޅަނދުތައް ނެގީ ގާނޫނު އެއް ފަރާތްކޮށް ބާރު އޮތްކަން ދައްކާލުމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

މި މުޒާހަރާގައި ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރުގެ އިތުރުން ދެ ދިވެހިންނާއި ތިން ބިދޭސީންވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ފަރާތްތަށް ދޫކޮށްލުމަށްެ ގިނަ ފަރާތްތަކުން އަންނަނީ ގޮވަމުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޖަމީލް ވިދާޅުވީ މަސްވެރިންނަށް ވެސް ރައީސް ޑރ. މުއިއްޒު ވަޢުދު ފުއްދަނީ ހުސް އަނގައިންކަމަށެވެ. މުޅި މިގައުމު މިހާ ނިކަމެތި ޙާލަތަކަށް މިފަހަކުން ނުވެއްޓޭކަމަށާއި އަސްލު ސަބަބަކީ ވެރިމީހާގެ އިޚްލާސްތެރިކަން ނެތުންކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

މަސްވެރިން ހިފާހައްޔަރުކޮށް އުޅަދުތައް ނެގީ ގާނޫނު އެއްފަރާތްކޮށް ބާރުއޮތްކަން ދައްކާލުމަށްކަމަށް ޑރ.ޖަމީލް ވިދާޅުވެފައެވެ.

ޑރ.ޖަމީލް އިތުރަށް ވިދާޅުވީ އެކަން ފުލުހުންނަކަށް އެގޮތަށް ނުކުރެވޭނެކަމަށެވެ. ޙައްގު ހޯދުމަށް އިޙްތިޖާޖުކުރުމަކީ އަސާސީ ޙައްގެއްކަމަށާއި ބާރު އަތުގައި ނުޖެހޭއިރު މުއިއްޒުގެ ބަސްމަގު ބައްލަވާލެއްވުމަށް ޑރ ޖަމީލް ގޮވާލާފައިވެއެވެ.

މީހަކު ނުލަފާވާނީ މިވަރަކަަށް ކަމަށާއި ސަލަފުންވެސް މިކަހަލަ މީހަކާ ބެހޭގޮތުން ފަތުވާއެއް ނެރެން ޖެހޭކަމަށް ޑރ.ޖަމީލް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved