April 29, 2026
Advertisement
.
. / އަލްޖަޒީރާ

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Dec 13, 2025, 05:03 AM

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

Advertisement

ޖަޕާނުގެ މޫސުމާއި ބެހޭ އިދާރާ (ޖޭއެމްއޭ) އިން ބުނި ގޮތުގައި އެގައުމަށް ބިންހެލުން އައިސްފައިވަނީ 6.7 ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ހުޅަނގުއުތުރުގެ ސަރަހައްދަށެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މި ބިންހެލުން އައިސްފައިވަނީ އައޯމޮރީ ޕްރެފެކްޗާގެ ބިމުގެ 20 ކިލޯމީޓަރު އަޑިން ކަމަށް ޖޭއެމްއޭއިން ވަނީ ބުނެފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ވެސް ވަނީ މި ބިންހެލުން އައިސްފައިވަނީ 6.7 ބާރުމިނުގައި ކަމަށެވެ.

ބިންހެލުމާއި ގުޅިގެން ޖަޕާނުގެ ނިއުކްލިޔާ ރެގިއުލޭޝަން އޮތޯރިޓީން ބުނީ، ނިއުކްލިޔާ މަރުކަޒުތަކުގައި މައްސަލައެއް އުޅޭ ކަމުގެ އެއްވެސް ނިޝާނެއް އަދި ފެންނަން ނެތް ކަމަށެވެ.

މިއަދު އެގައުމަށް އައި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާއިރު، މި ބިންހެލުމަކީ މިދިޔަ ހޯމަ ދުވަހު ހަމަ އެ ސަރަހައްދަށް އައި 7.5 ބާރުމިނުގެ ބިންހެލުމަށްވުރެ ކުޑަ ތަންކޮޅެއް ބާރު ދެރަ ބިންހެލުމެއް ކަމަށް ރިޕޯޓްކޮށްފައިވާއިރު، މި ބިންހެލުމުގައި މިހާތަނަށް ލިބުނު ގެއްލުންތަކެއް އެނގިފައެއް ނުވެއެވެ.

އެގައުމަށް މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ވަނީ ހިނގާފައެވެ. އަދި މި ހާދިސާގައި 50 އާއި ގާތް ކުރާ އަދަދަކަށް މީހުންނަށް ވަނީ އަނިޔާ ލިބިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved