މަސްވެރިކަމާއިބެހޭ ވަޒީރު އަހުމަދު ޝިޔާމްގެ އިސްތިއުފާއަށް މަސްވެރިން ގޮވާލައިފި އެވެ.
ބޮޑު ކަންނެލީގެ މަސްވެރިން ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް އާއި އިތުރު މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހުކުރު ދުވަހުގެ މެންދުރު ވަނީ ހާޒިރު ކޮށްފަ އެވެ.
އެކަމާއި ގުޅިގެން މަސްވެރިން ވަނީ އެ ސަރަހައްދުގައި ހައްޔަރުކުރި ފަރާތްތައް މިނިވަން ކުރުމަށް ގޮވާލައި އިހުތިޖާޖު ކޮށްފަ އެވެ.
މީގެ އިތުރުން ކެޔޮޅަކު ބުނީ، މަސްވެރިންގެ ޑިމާންޑް ތަކަށް އިޖާބަ ނުދޭހާ ހިނދަކު މި އިހުތިޖާޖުތައް ނުހުއްޓާނެ ކަމަށާއި އަދި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި މީހުން ވަގުތުުން ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށް ބުނެފައެވެ.
އޭނާ ބުނީ މި އިހުތިޖާޖުތައް 3 މަސްވެގެން ދިޔަސް ނުުހުއްޓާނެ ކަމަށާއި ހައްޔަރުގައި ތިބި ތިން މީހުންގެ ހައްގުގައި ކިތަންމެ ދުވަހަކު އިހުތިޖާޖު ކުރަން ޖެހުނަސް ނުހުއްޓާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އިންެނަވާ މަސްވެރިންގެ ހައްގުގައި އަޑުއުފުލީ ދެއްކުންތެރިކަމަށްތޯވެސް މަސްވެރިން ވަނީ ޝިޔާމްއާ ސުވާލުކޮށްފައެވެ.
މަސްވެރިން މާލެ ބޭރުގައި މުޒާހަރާ ކުރަން ފެށުމުން، ބުރާސްފަތި ދުވަހު ފުލުހުން ވަނީ އެ މުޒާހަރާތަކުގައި ބިދޭސީން ބައިވެރިވަމުން އަންނަ ކަމަށް ބުނެ އޮޑިތަކަށް އަރައި، މީހުން ހައްޔަރުކޮށް، ތިން އޮޑި އެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.