April 18, 2026
Advertisement
އިންތިހާބުގައި އެދެވިގެންވާ ނަތީޖާއެއް ސަރުކާރަށް ނުލިބޭކަން ޝިޔާމް ގަބޫލުކުރައްވައިފި
އިންތިހާބުގައި އެދެވިގެންވާ ނަތީޖާއެއް ސަރުކާރަށް ނުލިބޭކަން ޝިޔާމް ގަބޫލުކުރައްވައިފި / ސޯޝަލް މީޑިއާ

އިންތިހާބުގައި އެދެވިގެންވާ ނަތީޖާއެއް ސަރުކާރަށް ނުލިބޭކަން ޝިޔާމް ގަބޫލުކުރައްވައިފި

Apr 17, 2026, 08:49 PM
މާލެ ސިޓީ

އެޕްރީލު 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ލިބުނީ އެންމެ އެދެވިގެންވާ ނަތީޖާ ނޫން ކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ގަބޫލުކުރައްވައިފިއެވެ.

Advertisement

ޝިޔާމް މިކަން ގަބޫލުކުރާކަން ހާމަވެފައިވަނީ، ހއ މުރައިދޫއިން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ނަމުގައި ޕީއެންސީ ހަރުގޭގައި ބުރާސްފަތި ދުވަހުގެ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރަށް ލިބުނީ "ބީ ރިޕޯޓެއް" ކަމަށާ ވެރިކަމުގައި ތިބެގެން ލޯކަލް ކައުންސިލް އިންތިޚާބެއްގައި ބީ ރިޕޯޓެއް ހޯދީ ކޮން ބައެއްތޯ ސުވާލު އުފައްދަވައި، މިއީ އަޑުއައްސަވާ ބޭފުޅުން ބައްލަވާލެއްވުމުން ވަރަށް ފަސޭހައިން އެނގޭނެ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ "އޭ ރިޕޯޓު" ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އިންތިޚާބު ނިމުމާއެކު ރައްޔިތުން ދެއްކި ވާހަކަތައް އަޑުއައްސަވާ ރައްޔިތުން އެދޭ ފަދަ ފުރިހަމަ ނަތީޖާއެއް ހޯދުމަށްޓަކައި، އިންތިހާބު ނިމުނު ވަގުތުން ފެށިގެން ސަރުކާރުގެ ހިންގުމަށާއި ސިޔާސަތުތަކަށް ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved