theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ސިޔާސީ
ހަރަދު ބޮޑުވާނެކަމަށް ބުނެ މަސްވެރިންނަށް ދިމާވި އެތައް މައްސަލައެއް ހައްލު ނުކުރާކަމަށް ޝިޔާމް އެއްބަސްވެއްޖެ
Yana Shareef
ޔާނާ ޝަރީފް
25 ނޮވެމްބަރު 2025

ހަރަދު ބޮޑުވާނެކަމަށް ބުނެ މަސްވެރިންނަށް ދިމާވި އެތައް މައްސަލައެއް ހައްލު ނުކުރާކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އެއްބަސްވެއްޖެއެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ޝަކުވާތަކަށް ހައްލެއް ގެނެސްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. އެހެންނަމަވެސް އެ ވައުދު ފުއްދުމުގައި މި ސަރުކާާރު ވަނީ ނުކުޅިދިފައެވެ.

އެގޮތުން މަސްވެރިން ބާނާ މަހަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި އެންމެ ބޮޑު އެއް މައްސަލަކަމަށްވާ، އައިސް ލިބުމުގެ ދަތިތައް ހައްލު ކުރުން ހިމެނެ އެވެ.

ސަންގުޓީވީން ގެނެސްދިން ”ރައީސް މުއިއްޒާއި އެކު ދެ އަހަރު“ ހާއްސަ ކަވަރޭޖުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ މީގެން ގިނަ ކަންކަން ނުކުރެވޭކަމަށް އެއްބަސްވެފައެވެ.

ސްވެރި ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެންމެ މުހިންމު އެއްޗަކީ ފައިސާ ހޯދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްވެރި ސިނާއަތައް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ކުރީ ސަރުކާރުތަކަށް ވެސް ދެނެގަނެވިފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމަކު އެއީ ހަރަދު ބޮޑު މަސައްކަތެއްކަމަށް ބަލައި، ސަރުކާރުތަކުން އެދެވޭ ހައްލެއް ގެނައުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވިދާޅުވި އެވެ.

ސަރުކާރުން ކުރާ އެހެންކަންކަމުގައި ބޭކާރު ހަރަދުކުރަންވީމާ ފައިސާ ހުރެއެވެ. މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމުގައި ހަރަދު ބޮޑުވާނެކަމަށް ބުނުމުން ޝިޔާމަށް މަސްވެރިން އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved