June 6, 2026
Advertisement
ފިޝަރީޒްއާ އެގްރިކަލްޗަރ އެއް މިނިސްޓްރީއަކަށް ހަދާ ވަޒީރަކަށް ޝިޔާމް
ފިޝަރީޒްއާ އެގްރިކަލްޗަރ އެއް މިނިސްޓްރީއަކަށް ހަދާ ވަޒީރަކަށް ޝިޔާމް / ޕީއެސްއެމް

ފިޝަރީޒްއާ އެގްރިކަލްޗަރ އެއް މިނިސްޓްރީއަކަށް ހަދާ ވަޒީރަކަށް ޝިޔާމް

Mariyam Isaadha
މަރިޔަމް އިސާދާ
Apr 15, 2026, 01:34 PM
މާލެ ސިޓީ

ފިޝަރީޒްއާ އެގްރިކަލްޗަރ އެއްކޮށްލާ، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ކަމަށް އަހުމަދު ޝިޔާމު މމިއަދު އައްޔަންކުރައްވައިފިއެވެ.

Advertisement

ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ސަރުކާރު ހިންގުމަށް ރައީސް މުހައްމަދު މުއިއްޒު ގެންނަވަމުންދާ  ބޮޑެތި ބަދަލުތަކުގެ ތެރެއިން 20 ވުޒާރާގެ އަދަދު 15 އަށް މަދުކޮށް އައު ހަތަރު ވަޒީރަކާ އެކު ރޭ ވަނީ ކެބިނެޓު އަލުން އެކުލަވާލާފައެވެ. ނަމަވެސް ރޭ ކެބިނެޓު ހުވާ ކުރި ރަސްމިއްޔާތުގައި ޝިޔާމް ހިމެނިވަޑައިނުގެންނެވީ އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށްވެފައި މިއަދު އެނބުރި ރާއްޖެ ވަޑައިގެން ޝިޔާމް ވަނީ ވަޒީރުކަމުގެ ހުވާ އަލުން ކުރައްވާފައެވެ.

މިއާއެކު މިހާރު ކެބިނެޓުގައި މަދުވަނީ ޑިފެންސް މިނިސްޓަރު އެކަންޏެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved