April 29, 2026
Advertisement
.
. / ސޯޝަލް މީޑިއާ

މޮރޮކޯއަށް ބޯކޮށް ވާރޭ ވެހި، މިހާތަނަށް 37 މީހަކު މަރުވެއްޖެ

Yana Shareef
ޔާނާ ޝަރީފް
Dec 16, 2025, 06:46 AM

މޮރޮކޯގެ އެޓްލާންޓިކް ކަނޑުގެ އައްސޭރިފަށުގެ ޕްރޮވިންސެއް ކަމަށްވާ ސާފީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަސް 37 މީހުން މަރުވެއްޖެއެވެ.

Advertisement

އާދީއްތަ ދުވަހު އެ ގައުމުގެ ސާފީ ޕްރޮވިންސަށް ވެހުނު ބޯ ވާރޭގެ ސަބަބުން ގެއްލުންތައްވެސް ލިބުނެވެ. އެ ގައުމުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އެސްއެންއާރްޓީ ނިއުސް އިން ބުނީ، މި ވިއްސާރައާ ގުޅިގެން 14 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ދެ މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށެެވެ.

އެ ގައުމުގެ ވެރިރަށް ރަބާތުއާ ދެކުނުން 300 ކިލޯމީޓަރު ދުރުގައި އޮންނަ ސާފީއަށް ކުރި މި ވިއްސާރައިގައި އެ ޕްރޮވިންސްގެ 70 ގެއަކާއި ވިޔަފާރިއަކަށް ގެއްލުންވިއެވެ.

ކަމާ ގުޅުން ހުރި އިދާރާތަކުން ބުނީ، ދުވަސްވީ ގަދީމީ އެ ސިޓީގައި ފެންބޮޑުވެ ގެއްލުންވެފައި ވަނީ ހުއްޓުމެއް ނެތި އެއް ގަޑިއިރު ވަންދެން ވެހެމުންދިޔަ ވާރޭގެ ސަބަބުން ކަމަށެެވެ.

ސާފީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، މީހުން ހޯދުމާއި ސަލާމަތް ކުރުމަށް ރެސްކިއު އޮޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށާއި، ގެއްލުންވި ސަރަހައްދުތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަަމަށެވެ.

އެ ގައުމުގެ އިތުރު ނޫހެއްގައި ބުނެފައިވާގޮތުގައި ސާފީ އާއި ހަރާރާ ގުޅުވައިދޭ ޕްރޮވިންޝަލް ރޯޑް 2300 އަށް ވަނީ އަސަރުކޮށްފައެވެ. އަދި އެ ޕްރޮވިންސްގެ ޕްރޮވިންޝަނަލް ޑައިރެކްޓްރޭޓް އޮފް ނޭޝަނަލް އެޑިއުކޭޝަން އެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށްފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved