April 29, 2026
Advertisement
-
- / ނިއުޔޯކް ޓައިމްސް

އޮސްޓްރޭލިއާ ހަމަލާ ދިން މީހާ އަތުގައި އޮތީ މުސްލިމް ނަމެއްގައި އޮތް އިންޑިއާ ޕާސްޕޯޓެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 17, 2025, 02:23 PM
މާލެ ސިޓީ

އޮސްޓްރޭލިއާގައި ހިންގި ހަމަލާއާއި ގުޅިގެން ފެންމަތިވެފައިވާ ބޮޑެތި ތުހުމަތުތަކެއްގައި، ހަމަލާދިން ދެމީހުންގެ ތެރެއިން އެކެއްގެ އަތުން މުސްލިމް ނަމެއްގައި އިންޑިއާ ޕާސްޕޯޓެއް ފެނިފައިވާ ކަމަށް ބައެއް މަސްދަރުތަކުން ރިޕޯޓުކުރެއެވެ. މިކަމާ ގުޅިގެން އިންޑިއާއިން މިހާދިސާގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ބެލެވޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

Advertisement

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ހަމަލާއަކީ އިންޑިއާއިން އިޒްރޭލްގެ ބަޔެއްގެ އަތަށް އިންޑިއާގެ މުސްލިމް ޕާސްޕޯޓެއް ދީގެން ހިންގި "ފޯލްސް ފްލެގް" އޮޕަރޭޝަނެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. މިކަމުގެ ބޭނުމަކީ މުޅި ދުނިޔޭގައި އަނެއްކާވެސް މުސްލިމުންނަށް ހަމަލާދީ، އެބައިމީހުން މަރަން ފެށުމަށް މަގުފަހިކުރުން ކަމަށް ބެލެވޭކަން މި ރިޕޯޓުތަކުން ފާހަގަކުރެއެވެ.

ހަމަލާދިން ދެމީހުންކުރެ އެކަކީ އިންޑިއާ ރައްޔިތެއް ކަމަށާއި، އޭނާއަކީ 50 އަހަރުގެ ސާޖިދް އަކްރަމް ކިޔާ ހައިދްރަބާދަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ހަމަލާގެ މައްސަލަ ތަހުގީގުކުރަމުންދާއިރު، އިންޑިއާއިން މިކަމުގެ ހަގީގަތް ވަންހަނާކުރުމަށް ވަކިވަކި ފަރާތްތަކަށް ނުފޫޒު ފޯރުވައި، މައުލޫމާތު އޮޅުވާލަން މަސައްކަތްކުރަމުންދާ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް ވަނީ ފެންމަތިވެފައެވެ.

މިކަހަލަ ފޯލްސް ފްލެގް އޮޕަރޭޝަންތަކުގެ ތެރެއިން، މުސްލިމް ނަމެއްގައި އޮތް ޕާސްޕޯޓެއް ބޭނުންކޮށްގެން ހަމަލާއެއް ދިނުމަކީ، މުސްލިމުންގެ މައްޗަށް ދުނިޔޭގެ ނަފްރަތު އުފައްދައި، އިސްލާމޮފޯބިއާ އިތުރުކުރުމަށް ހިންގޭ ހަރަކާތެއް ކަމަށް ބެލެވޭ ކަމަށް ބައެއް ސިޔާސީ މުރާސިލުން ވިދާޅުވެއެވެ. މި ހަމަލާގެ ފަހަތުގައިވާ ހަގީގަތް ހާމަވެ، އިންސާފު ގާއިމުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ބައިނަލްއަގްވާމީ މުޖުތަމަޢުން އެދެއެވެ.

މި ހަމަލާގައި މިހާތަނަށް 16 މީހުން މަރުވެފައިވާ ކަމަށް ކަށަވަރުވެފައިވާއިރު ގިނަ އަދަދެއްގެ ބަޔަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved