theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ދި ޖަޕާން ޓައިމްސް
ދުނިޔެ
ޖަޕާނުގައި މުސްލިމުން ވަޅުލަން ސަހަރާއެއް ހަދަން އެ ގައުމުގެ ސަރުކާރުން ދެކޮޅު ހަދައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
17 ޑިސެމްބަރު 2025
މާލެ ސިޓީ

ޖަޕާނުގެ ބައެއް ސަރަހައްދުތަކުގައި މުސްލިމުންގެ ގަބުރުސްތާނު އެޅުމަށް ރާވާފައިވާ ޕްލޭންތަކަށް އެގައުމުގެ ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމަށް ރިޕޯޓްތައް ބުނާ މައްސަލައެއްގައި، އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މި މައްސަލަ ހޫނުވެގެންދިޔައީ، މުސްލިމުން "އެނބުރި ގައުމަށް ގޮސް އެތަނުގައި ވަޅުލަން" ޖެހޭ ކަމަށް ޖަޕާނުގެ ސަރުކާރުން ބުނުމާއި ގުޅިގެންނެވެ. މި ބަޔާނަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ޖަޕާނުގައި ދިރިއުޅޭ މުސްލިމުން ބުނަނީ އިސްލާމީ ސަގާފަތުގައި މީހުން އަންދާލުމުގެ ބަދަލުގައި ވަޅުލުން ލާޒިމުވާތީ، އެމީހުންނަށް ރަނގަޅު ވަޅުލުމުގެ ޖާގަތަކެއް ބޭނުންވާ ކަމަށެވެ. ގިނަ މުސްލިމް އާއިލާތަކުން ޖަޕާނުގައި ދިރިއުޅެ މަސައްކަތް ކުރަމުންދާ އިރު، އެއީ އެމީހުންގެ ގައުމު ކަމަށް ދެކެއެވެ. އެހެންކަމުން މިކަމަކީ އެމީހުންގެ އަސާސީ ހައްގަކަށް ވާއިރު، އެކަމަށް ހުރަސް އެޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އެފަރާތްތަކުން ބުނެއެވެ.

ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ވަނީ މި މައްސަލައާ ގުޅިގެން ސަރުކާރުގެ ފަރާތުން ނެރެފައިވާ ބަޔާންތަކުން ޖަޕާން ސަރުކާރުގެ ވިސްނުމުގެ ދަށްކަން ފެންނަ ކަމަށް ބުނެފައެވެ.

މިހާތަނަށް ޖަޕާނު ސަރުކާރުން މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު ގިނަ ބަޔަކު މިހާރު ގޮވާލަމުންދަނީ މަޝްވަރާ ކުރުމާއި، ދީނީ ޢަޤީދާތަކަށް އިޙްތިރާމް ކުރުމާއި، ޖަޕާނުގައި ދިރިއުޅޭ ހުރިހާ ޖަމާޢަތްތަކަކާ މެދު އިންސާފުވެރި މުޢާމަލާތް ކުރުމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved