April 29, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އޮސްޓްރޭލިއާގެ ބޮންޑީ ބީޗް ހާދިސާގައި ހަމަލާދިން މީހާ ހުއްޓުވަން މަސައްކަތްކުރީ ޔަހޫދީއެއް ކަމަށް ބުނެ ނަތަންޔާހޫ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 17, 2025, 11:24 PM
މާލެ ސިޓީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޮސްޓްރޭލިއާގެ ސިޑްނީގައި ހުންނަ މަޝްހޫރު ބޮންޑީ ބީޗްގައި ހިނގި ހަމަލާގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފިއެވެ. ނަތަންޔާހޫ ވަނީ، މި ހަމަލާ ދިން މީހާ ހުއްޓުވަން މަސައްކަތްކުރީ ޔަހޫދީއެއް ކަމަށް ބުނެފައެވެ.

Advertisement

މީޑިއާ ރިޕޯޓުތަކާއި ފެނުނު މަންޒަރުތަކުން ދައްކާ ގޮތުގައި، ހަގީގަތުގައި ހަމަލާ ދިން މީހާ ހުއްޓުވައި، އިތުރު ގެއްލުންތަކެއް ލިބުން ހުއްޓުވަން މަސައްކަތްކުރީ މުސްލިމެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެހެންނަމަވެސް، ނަތަންޔާހޫ ވަނީ މި ހާދިސާގެ މައުލޫމާތު ބަދަލުކޮށް، ހަގީގަތާ ހިލާފު މައުލޫމާތު ފަތުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވިފައެވެ.

މި ހާދިސާގައި އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ. އަދި ހަމަލާ ދިން މީހާ ހުއްޓުވުމުގައި ދެއްކި ހިތްވަރަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފު ލިބިފައިވެއެވެ. ނަމަވެސް، ނަތަންޔާހޫގެ މި ބަސްތަކުގެ ސަބަބުން ހާދިސާގެ ހަގީގަތާމެދު އޮޅުންތަކެއް އެބަ އުފެދެއެވެ.

ނަތަންޔާހޫގެ މި ބަސްތަކަކީ ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުމުގެ މަސައްކަތެއް ކަމަށް ބަލައި، ބައިނަލްއަގްވާމީ މީޑިއާ ބައެއް ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ނަތަންޔާހޫ މި މަސައްކަތްކުރަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޒްރޭލަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކުން ސަލާމަތްވެ ހާދިސާގެ ހަގީގަތް އޮޅުވާލައި، ސިޔާސީ ފައިދާއެއް ހޯދުމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved