ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނެތި ކޮށްލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް މި ސަރުކާރުން ދަނީ ކުރަމުން ކަމަށް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާ އިބްރާހިމް މުހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.
ނިޝާން މިފަދައިން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޗެނަލް 13 އިން ގެނަސްދިން ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ނިޝާން ވިދާޅުވީ ރައީސް ޔާމީން ނެތި ކޮށްލުމަށް މި ސަރުކާރުން ކުރެވެނ ހުރި ހުރިހާ ކަމެއް އިންޑިއާގެ އެހީ އާ އެކު ކުރަމުން އަންނަ ކަަމަށެވެ. އެގޮތުން މި ސަރުކާރުން އިންޑިއާއަށް ފައިސާ އާ އަދިވެސް އެހެނިހެން ތަކެތި ދީގެން އަންނީ މިފަދަ އަމަލުތައް ހިންގަމުން ކަމަށެވެ.
ރައީސް ޔާމީން ނައްތާލުމަށް ނޫނީ ނެތި ކޮށްލުމަށްޓަކައި މި ސަރުކާރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިންޑިއާއިން ބެކަޕް ދީގެން، އިންޑިއާ ބެކަޕްގަ އޮވެ ސީދާ ފައިސާއިންނާ ނުފޫޒުންނާ ދެވުނިއްޔާ ދެވުނު އެއްޗެއް ދީގެން އެ އަންނަނީ އެހުރިހާ ކަމެއް ކުރަމުން
މީގެ އިތުރުން ނިޝާން ވިދާޅުވީ މި ސަރުކާރުން ކޮންމެ ގޮތަކަށް އަމަލުތައް ބައްޓަން ކުރިޔަސް އެބޭފުޅުންގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި އަބަދުވެސް ރައީސް ޔާމީންގެ ދިފާއުގައި ވަކާލާތު ކޮށް ބަސްބުނާނެ ކަމަށްވެސް ނިޝާން ވަނީ ވިދާޅުވެފައެވެ.