May 5, 2026
Advertisement
-
- / ތޭރަ އޮންލައިން

ފަނޑިޔާރުން ސަރުކާރުގެ ނުފޫޒުތަކަށް ނޫނެކޭ ނުބުނާހާ ހިނދަކު އިންސާފެއް ނުލިބޭނެ: ރައީސް ޔާމީން

Faina Faiz
ފައިނާ ފާއިޒް
Dec 19, 2025, 08:26 PM
މާލެ ސިޓީ

ސުޕްރީމް ކޯޓު ފަނޑިޔާރުން ސަރުކާރުގެ ނުފޫޒުތަކަށް ނޫނެކޭ ނުބުނާހާ ހިނދަކު އިންސާފެއް ނުލިބޭނެކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ބުދަ ދުވަހުގެ ރޭ ބޭއްވި ޕިއެންެއެފްގެ ރިސެޓް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހައްގުތަކާއި އެކު ފަނޑިޔާރުންގެ ހައްގުތައްވެސް ގެއްލެނީ ސަރުކާރުން ޖުޑިޝަރީއަށް ބާރުފޯރުވާތީ ކަމަށެވެ.

"ޝަރުއީ ނިޒާމު ރީސެޓް ކުރަން ޖެހޭ އެއް ސަބަބަކީ، ކޯޓުތަކަށް އެންމެ ބޮޑު ހަމަލާ އަމާޒުވި ދުވަސްވަރު އުއްތަމަ ފަނޑިޔާރުގެ ކަރުގައި ފައްޓަރުބައި އަޅުވާފައި، ސުޕްރީމް ކޯޓުގެ އިލްމީ ފަނޑިޔާރުންތަކެއް ބޭރުކުރުން"

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް

މިފަދައިން ކަންތައް ހިނގުމުން ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފަނޑިޔާރުންނަކީ ސަރުކާރަށް ނޫނެކޭ ބުނެ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެތައް ބާރެއް ލިބިފައިވާ ބައެއްކަމަށެވެ. މި ބާރުތައް ލިބިފައި އޮންނަ އިރު ފަނޑިޔާރުން ސަރުކާރަށް ނޫނެކޭ ނުބުނަނީ ކީއްވެތޯވެސް އެމަނިކުފާނުު ވަނީ ސުވާލު އުފައްދަވާފައިއެވެ.

ރައީސް ޔާމީނަށް ވެރިކަމުގެ ދެވަނަ ފުރުސަތެއް ލިބިވަޑައިގެންފި ނަމަ ފަނޑިޔާރުން ރީސެޓް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ސަރުކާރަށް ނޫނެކޭ ބުނެ، ޖުޑީޝަރީ ރީސެޓު ކުރުމުން ނޫންގޮތަކަށް ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ނުލިބޭނެކަމަށްވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved