March 23, 2026
Advertisement
.
. / ތޭރަ އޮންލައިން

ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރާ މީހަކީ ސިޔާސީ ވަކި ފިކުރެއްގެ މީހަކަށް ވާން ނުޖެހޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 21, 2025, 07:36 PM
މާލެ ސިޓީ

ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރާ މީހަކީ ސިޔާސީ ވަކި ފިކުރެއްގެ މީހަކަށް ވާން ނުޖެހޭނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ގައުމުގައި ހުރި ގިނަ ކަންކަން އިސްލާޙުކޮށް ބަދަލު ގެނައުމަށް ޕިއެންއެފުން ފެއްޓި ގައުމީ ބޮޑު ކެމްޕެއިން، "ރީސެޓު" އިފްތިތާހު ކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިންޓަރނަލް އޮޑިޓެއް ނުހެދި 10 އަހަރު ފާއިތުވުމަކީ ފާއިތުވި ދައުރުތަކުގެ މޭޔަރުން ފެއިލްވެފައިވާ ވާކަމުގެ އެންމެ ބޮޑު ދަލީލު ކަމަށާ އެކަން ކަމަކީ މާޔުސްކަން އިންތިހާއަށް ގެނުވާ ކަމެއް ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރާނެ ގައުމީ ކެންޑިޑޭޓެއްގެ ގޮތުގައި ބޭފުޅަކު އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ނެރެނީ ކޮރަޕްޝަނާ ވައްކަންތަކުގެ މައްސަލަވެސް ވަކި ފަރާތަކަށް ނުޖެހި ބަލާނެކަމުގެ ޔަގީންކަން އޮވެގެން ކަމަށާ އިސްމާއިލް ޒަރިޔަންދު ޚިޔާރުކުރީ އޭނާއަކީ ކޮރަޕްޝަނާ ދެކޮޅަށް އިންތިހާއަށް ދެކޮޅު މީހަކަށް ވުމުން ކަންވެސް ރައީސް ޔާމީން ހާމަކުރެއްވިއެވެ.

މީގެ އިތުރުން ޒަރިޔަންދަށް ޕީއެންއެފުން ތާއީދުކުރަން ނިންމީ ޒަރިޔަންދު އެ ޕާޓީއަށް ގުޅުމަށް ޝަރުތުކޮށް ނޫން ކަމަށާ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ކޮރަޕްޝަނާ ދެކޮޅަށް ހަނގުރާމަ ކުރާ މީހަކީ ސިޔާސީ ވަކި ފިކުރެއްގެ މީހަކަށް ވާން ނުޖެހޭނެތީ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މީހަކީ ކްރެޑިިބިލިޓީއާ އެކު ރައްޔިތުން ހެއްވާލާނެ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ ކަންކަން ބޮއްސުން ލައިގެން ދިޔައީ މާލޭ މޭޔަރަކަށް މުއިއްޒު ހުންނަވާ ނަޒާހަތްތެރިކަން އިސްނުކުރުމުން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved