theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚު އޮންނާނެ: މަހާޒު / ސޯޝަލް މީޑިއާ
ހަބަރު
ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚު އޮންނާނެ: މަހާޒު
Mariyam Isaadha
މަރިޔަމް އިސާދާ
21 ޑިސެމްބަރު 2025
މާލެ ސިޓީ

ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚު އޮންނާނެ ކަމަށް ވިދާޅުވެ ސުޕްރީމު ކޯޓުގެ ކުރިގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރުގެ މާނަފުން ބަސްތަކެއް ދޫކޮށްލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރުގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ކަމަށް ބުނެ އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރިތާ 6 މަސް ފަހުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެން ފަނޑިޔާރުންގެ ތަހުގީގު ބަޔާންތައް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭސީސީ އަށް ފޮނުވުމާ ގުޅިގެން، ސޯޝަލް މީޑިޔާގައި މަހާޒު ކުރެއްވި ޕޯސްޓެއް ވަނީ، މިއީ އަނިޔާވެރިންގެ އަނިޔާ ކަމަށާއި އަނިޔާވެރިކަމުން ދެމެހެއްޓުނު ވެރިކަމެއް ނެތް ކަމަށެވެ. އަދި ކޮންމެ ވެރިކަމެއްގެ "ދަޅު ފުލުގައި" މުއްދަތު ހަމަވާ ތާރީޚު އޮންނާނެ ކަމަށެވެ.

ހަމަ އެހެންމެ އެ ޕޯސްޓަށް ކޮމެންޓުކުރި ފަރާތަކުން މަހާޒު ފުރަތަމަ ފަހަރު ރައީސް އަބްދުﷲ ޔާމީނުގެ ހުކުމް ސްޕްރީމް ކޯޓުން ބާތިލްކުރުމަށް މަސައްކަތް ކުރީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް ބައިވެރިވެގެން ކަމަށް ތުހުމަތުކޮށް، މަހާޒުއަކީ ރައީސް ޔާމީނުގެ ގާތް މީހެއްކަން އެނގޭތީ ވަކިކޮށްލީ ކަމަށް ބުނެފައިވާ ވުމަސްވެސް މަހާޒު ޖަވާބު ދެއްވާފައިވެއެވެ.

އެގޮތުން އެ ވިދާޅުވި ގޮތަށް ބަޔަކު މަސައްކަތް ކުރިކަން މަހާޒުއަށް އެނގިފައިނުވާ ކަމަށާ، އެމަނިކުފާނަކީ އެއްވެސް ރައީސެއްގެ ގާތް މީހެއް ނޫން ކަމަށްވެސް މަހާޒު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަދި މިހާތަނަށް ވެސް އެއްވެސް ގޮތަކަށް ވާހަކަ ނުދެއްކޭ އެއް ބޭފުޅަކީ ރައީސް ޔާމީން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އޭސީސީން ޖިނާއީ މައްސަލަތަކެއް ބަލަމުންދާކަމަށް ބުނެ ޖޭއެސްސީން ޑރ. އަޒްމިރަލްދާ އާއި، އުސްތާޛު މަހާޒްގެ އިތުރުން އޭރުގެ ފަނޑިޔާރު އުސްތާޛު ހުސްނުއްސުއޫދު ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ގައެެވެ. އެ ތިން ފަނޑިޔާރުންވެސް ސަސްޕެންޑުކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައި އޮތް މައްސަލަ ބަލަން ނިންމާފައި ވަނިކޮށެވެ.



އަދި އޭސީސީގެ ސިޓީއާއި ޙަވާލާދީ، އެ ބޭފުޅުންގެ ސުލޫކީ މައްސަލަތަކެއް ސާބިތުވާކަމަށް ނިންމައި ޖޭއެސްސީން ޑރ. އަޒްމިރަލްދާ އާއި އުސްތާޛު މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން މިދިޔަ މެއި މަހު ނިންމިއެވެ. އަދި ދެ ބޭފުޅުންނަށް ވެސް ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ، މަޖިލީހުން އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރީ މިދިޔަ މެއި މަހުގެ 14 ގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved