May 26, 2026
Advertisement
ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު އޭސީސީއަށް ނުގެންނަހާ ހިނދަކު ތަން ރަގަޅު ނުވާނެ: އަލީ
ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު އޭސީސީއަށް ނުގެންނަހާ ހިނދަކު ތަން ރަގަޅު ނުވާނެ: އަލީ / ޕީއެސްއެމް

ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު އޭސީސީއަށް ނުގެންނަހާ ހިނދަކު ތަން ރަގަޅު ނުވާނެ: އަލީ

May 26, 2026, 03:27 PM
މާލެ ސިޓީ

ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ވެރިޔަކީ، ސީދާ ރައްޔިތުން ހޮވާ މީހަކަށް ނުވާހާ ހިނދަކު އެ މުއައްސަސާ ރަގަޅު މަގުން ނުހިނގާނެ ކަމަށް ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްއުސްތާޛު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ އޭސީސީއަކީ ފެއިލްވެފައިވާ މުއައްސަސާއެއް ކަމަށް ސިފަކުރައްވައި، އެ ކޮމިޝަން އިސްލާހުކުރުމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވަނީ މުހިންމު ހުށަހެޅުންތަކެއް އާންމުކުރައްވާ އޭނާގެ ބޮލްގުގައި ލިޔުއްވާފަިއވާ ލިޔުން ހިއްސާ ކުރައްވާ އަލީ ވަނީ އޭނާގެ ފޭސްބުކްގައި ޕޯސްޓުކުރައްވާފައެވެ.

ޝަމީމުގެ ބްލޮގްގައި ޝާއިޢުކުރައްވާފައިވާ ލިޔުމެއްގައި ވަނީ، އޭސީސީގެ މިހާރުގެ ހިންގުމާއި ނަތީޖާ ނެރުމުގެ ޤާބިލުކަމާ މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ޝަމީމްގެ ބްލޮގްގައި ވަނީ، ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް އޭސީސީން ކޮށްދޭކަމަށް ތުހުމަތު ކުރައްވާފައެވެ، އެގޮތުން "އެއްވެސް ހަމައެއް ނެތި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ހައިޖާނުގައި އެ ކޮމިޝަނުން ދައުރެއް" އަދާކުރިކަމަށް ޝަމީމް ވިދާޅުވިއެވެ.

އެއީ، ތާރީޚަށްޓަކައި ލިޔެވި، ރައްކާކުރެވިފައި ހުންނާނެ މަޢުލޫމާތު ކަމަށާއި، "އެ ހައިޖާނުގައި އޭސީސީގެ ރައީސްގެ ދައުރަކީވެސް، އޭނާގެ ސީވީގައި ރަން އަކުރުން ލިޔެވިފައި އޮންނާނެ" ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް އިޝާރާތްކުރައްވާ އަލީގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އޭސީސީގެ މެންބަރުންނަކީ ރައްޔިތުންގެ ވޯޓަކުން ހޮވައި، ނުވަތަ ވަކިނުކުރެވޭ ބަޔަކަށް ހަދައިގެން ނޫނީ އެ މުއައްސަސާ މިނިވަނެއް ނުވާނެ ކަމަށާއި، ރާއްޖޭގެ ކޮރަޕްޝަނެއް ނުހުއްޓުވޭނެ ކަމަށެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ ކޮމިޝަނަރަކީ ރައްޔިތުންގެ މަޖިލީހުން ހޮވާ މީހެއްގެ ގޮތުގައި އޮތަސް އަންނާނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހާ ކަމަށެވެ. ސަބަބަކީ ރައްޔިތުންގެ މަޖްލިސް ފެންނަނީ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved