May 26, 2026
Advertisement
ލަފާފުޅާއި އިރުޝާދާ އެކު އެންމެ ގަދަކޮށް ސާބިތުކަންމަތީ ހިނގާ އެއްތަނަކީ އޭސީސީ: މަހާޒު
ލަފާފުޅާއި އިރުޝާދާ އެކު އެންމެ ގަދަކޮށް ސާބިތުކަންމަތީ ހިނގާ އެއްތަނަކީ އޭސީސީ: މަހާޒު / ސޯޝަލް މީޑިއާ

ލަފާފުޅާއި އިރުޝާދާ އެކު އެންމެ ގަދަކޮށް ސާބިތުކަންމަތީ ހިނގާ އެއްތަނަކީ އޭސީސީ: މަހާޒު

May 26, 2026, 01:46 PM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒުގެ ފުރިހަމަ ލަފަޔާ އިރުޝާދާ އެކު އެންމެ ގަދަޔަށް ހިނގާ އެއް މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން ކަމަށް، ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ، ކ. ދިއްފުށި ސްކޫލުގެ ބިދޭސީ ޓީޗަރުންނަށް ކޮރަޕްޝަންގެ ނުރައްކާތެރިކަމާ ބެހޭގޮތުން އޭސީސީއިން ހިންގެވި މަސައްކަތު ބައްދަލުވުމުގެ ފޮޓޯ ހިއްސާ ކުރައްވާ ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމު ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއް ރީޕޯސްޓު ކުރައްވާއެވެ.

ޝަމީމުގެ ބްލޮގްގައި ޝާއިޢުކުރައްވާފައިވާ ލިޔުމެއްގައި ވަނީ، އޭސީސީގެ މިހާރުގެ ހިންގުމާއި ނަތީޖާ ނެރުމުގެ ޤާބިލުކަމާ މެދު ސުވާލު އުފައްދަވާފައެވެ. އެގޮތުން ޝަމީމްގެ ބްލޮގްގައި ވަނީ، ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް އޭސީސީން ކޮށްދޭކަމަށް ތުހުމަތު ކުރައްވާފައެވެ، އެގޮތުން "އެއްވެސް ހަމައެއް ނެތި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ ހައިޖާނުގައި އެ ކޮމިޝަނުން ދައުރެއް" އަދާކުރިކަމަށް ޝަމީމް ވިދާޅުވިއެވެ.

އެއީ، ތާރީޚަށްޓަކައި ލިޔެވި، ރައްކާކުރެވިފައި ހުންނާނެ މަޢުލޫމާތު ކަމަށާއި، "އެ ހައިޖާނުގައި އޭސީސީގެ ރައީސްގެ ދައުރަކީވެސް، އޭނާގެ ސީވީގައި ރަން އަކުރުން ލިޔެވިފައި އޮންނާނެ" ކަމެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމު އެ އިޝާރާތްކުރެއްވި މައްސަލައިގައި މަސްލަހަތު ހިމެނޭ މަހާޒު އެކަމަށް އިޝާރާތްކުރައްވާ އޭނާގެ ފޭސްބުކުގައި ވިދާޅުވެފައިވަނީ، އޭސީސީއަކީ މިހާރު "ޒާތަކަށް ހިންގާ ތަނެއް" ކަމަށާއި، މައްސަލައެއްގެ ތަހުގީގު އަވަހަށް ނިންމައި ކުށްސާބިތުވާނަމަ ޖަލަށްލުމަށް އެދުމުންވެސް އެ މުއައްސަސާއިން "ކަހާތަން ހިރުވާވެސް ނުލާ" ކަމަށެވެ.

ވަކި މައްސަލައެއްގެ މަތީގައި "އިއްތާލައިގެން" ތިބޭތާ 14 މަސްވެފައިވާކަން ފާހަގަކުރައްވައި، މަހާޒް ވަނީ އޭސީސީއަކީ "ލަފާފުޅާއި އިރުޝާދާ އެކު އެންމެ ގަދަކޮށް ސާބިތުކަންމަތީ ހިނގާ ތަން" ކަމަށް ވިދާޅުވެ، މަލާމާތުގެ ރާގަކަށް ފާޑުވިދާޅުވެފައެވެ.

މަހާޒު މިފަދައިން ވިދާޅުވެފައިވާއިރު. މަހާޒުވެސް ހިމެނޭހެން ތިން ފަނޑިޔަރެއްގެ މައްސަލަ އޭސީސީއިން ބަލަން ފެށި ކަމަށް ބުނެ އެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް އެއް ފަނޑިޔާރަކު އިސްތިއުފާ ދެއްވާ އަނެއް ދެ ފަނޑިޔާރުން ވަކިކޮށ އެތައް މަހެއް ފާއިތުވެގެން ދިޔައިރުވެސް އަދި އޭސީސީއިން ބަލަން ފެށި ކަމަށް ބުނާ އެ ފަނޑިޔާރުންގެ މައްސަލައާ ގުޅިގެން ސުވާލެއްކޮށްފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved