ދެކުނު އެފްރިކާގައި ބަޑިޖަހައި ނުވަ މީހަކު މަރާލައިފިއެވެ.
ދެކުނު އެފްރިކާގެ ވެރިރަށް ޖޮހޮނަސްބާގްގެ އިރު ދެކުނު ސަރަހައްދުގައި ދިން އެހަމަލާގައި ނުވަ މީހަކު މަރުވެފައިވާއިރު 10 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހަމަލާ ދިންކަމަށް ބެލެވޭ މީހުނއ ފިލާފައިވާއިރު އެމީހުން ހޯދުމަށް ދެކުނު އެފްރިކާފެ ފުލުހުން މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ވަނީ ހަމަލާދީފައިވަނީ ބަހެއްގައި އައި 12 މީހުން ކަމަށާއި އެމީހުން އެސަރަހައްދުގައި ބަޑިޖަހައި ގިނަ ބަޔަކު މަރާލުމަށްފަހު ފިލާފައިވާކަމަށް ބުނެފައެވެ.
އެހަމަލާގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު ފުލުހުންގެ އޮފިޝަލުން ވަނީ އެހަމަލާ ދިން ސަބަބު ހޯދުމަށްވެސް މަސައްކަތް ފަށާފައިވާކަމަށް ބުނެފައިވެއެވެ.