March 29, 2026
Advertisement
ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި ރައީސް ޔާމީންގެ ޕާޓީ ދާނީ ކުރިއަށް: މަލީހު
ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި ރައީސް ޔާމީންގެ ޕާޓީ ދާނީ ކުރިއަށް: މަލީހު / ތޭރަ އޮންލައިން

ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި ރައީސް ޔާމީންގެ ޕާޓީ ދާނީ ކުރިއަށް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 24, 2025, 08:28 PM
މާލެ ސިޓީ

ދިވެހި ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ ސެކެރެޓަރީ ޖެެނރަލް މުހައްމަދު މަލީހު ޖަމާޅު ވިދާޅުވެއްޖެއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ ފާއިތުވި 2 އަހަރު ރާއްޖޭގައި ސިޔާސީ މަސައްކަތްކުރި ހަމަ އެކަނި ޕާޓީއަކީ ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ކަމަށާ އެއީ ސަރުކާރާ އެއްކޮޅަށް ނަމަވެސް އަދި ދެކޮޅަށް ނަމަވެސް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރާއްޖޭގެ އެހެނިހެން ސިޔާސީ ޕާޓީތައްވެސް ހަމަ އެ ހިތްވަރާއެކު ގައުމުގެ ހައްގުގައި ހަރަކާތްތެރިވާން ޖެހޭކަން ފާހަގަކުރައްވާ މަލީހު ވިދާޅުވި ނަމަވެސް އެމަންޒަރު މިހާތަނަށް ފެނިފައިނުވާ ކަމަށެވެ.

ޕޯސްޓު ނިންމަވާލައްވަމުން މަލީހު ވަނީ ދިވެހި ރައްޔިތުންނާއި ޤައުމުގެ ހައްޤުގައި ރައީސް ޔާމީންގެ ޕާޓީ ދާނީ ކުރިއަށްކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީއަކީ މިއަދު އިދިކޮޅު މައި ޕާޓީކަމުގައިވީ ނަމަވެސް ޕީއެންއެސީގެ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީކުރުވަން އެމްޑީޕީއިން މަސައްކަތްނުކުރާކަމުގެ ތުހުމަތު ގިނަ ބަޔަކު އަމާޒުކުރެއެވެ. އަދި އެހެންވަނީ އެމްޑީޕީގެ ލީޑަރޝިޕު އެ ޕާޓީގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ ސަބަބުން ކޮމްޕްރޮމައިސްވެފައި ތިބުމުން ކަމަށް ވެސް ރައްޔިތުން ބުނަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved