March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސުނާމީގެ ޚުޠޫއަތްތެރި ވަގުތުގައި މުޖްތަމައުގެ ސަލާމަތްތެރިކަން އިސްކުރުމަކީ ދިވެހިން ދަސްކުރި އެންމެ މުހިއްމު ފިލާވަޅު: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 26, 2025, 08:34 PM
މާލެ ސިޓީ

ސުނާމީ ކާރިސާގެ ޚުޠޫއަތްތެރި ވަގުތުގައި މުޖްތަމައުގެ ސަލާމަތްތެރިކަން އިސްކުރުމަކީ ދިވެހިން ދަސްކުރި އެންމެ މުހިއްމު ފިލާވަޅު ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ފާހަގަ ކުރާ "ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް" ފާހަގަކުރާ މުނާސަބަތާ ގުޅުވާ ފޮނުއްވި ޚާއްސަ މެސެޖުގައެވެ.

ރައީސް ޔާމީން ވިދާޅުވެފައިވަނީ ސުނާމީ ކާރިސާގައި ކުރިމަތިވި ދުވަހު ދިވެހި ރައްޔިތުން ދައްކަވައިދެއްވި އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުން، އަޅުގަނޑުމެން އެންމެންގެ ހިތްމައްޗަށް ގެނެސް، އެ ހާދިސާއިން މިއަދުވެސް އިބްރަތް ހާސިލު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


ރައީސް ޔާމީން ވިދާޅުވީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ފާހަގަ ކުރާ "ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް" ފާހަގަކުރަމުން ދަނީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އަހްވަންތަކަމާއި، ގައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށްޓަކައި ކަމަށެވެ..


ސުނާމީ ކާރިސާގެ ހިތި ހަނދާންތައް މިއަދުވެސް ސިފަވެގެން ދަނީ ހިތާމައިގެ އަސަރުގަދަ ޝުއޫރުތަކާ އެކުގައި ކަމަށާއި އެދުވަހު އަމިއްލަ ފުރާނައަށް ވުރެ ބޮޑަށް އިސްކަން ދިނީ އަނެކާގެ ފުރާނަ ސަލާމަތްކުރަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެފަދަ ހިތްދަތި އަދި ޚުޠޫރަތްތެރި ދަނޑިވަޅުގައިވެސް އަމިއްލަ ނަފްސުގެ މައްޗަށް ތިމާގެ ގައުމާއި މުޖްތަމައުގެ ސަލާމަތްތެރިކަން އިސްކުރި ކުރުމަކީ، ސުނާމީ ކާރިސާއިން ދިވެހިން ދަސްކުރި އެންމެ މުހިންމު ފިލާވަޅު ކަމަށާއި އަދި އެއީ ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ މުހިންމު ޝިއާރު ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ދިވެހީންގެ މި ޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މިއަދަށް 21 އަހަރު ފުރިފައިވާwiru, ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ހިޔާލު ތަފާތުވާ ކަންކަމުގައިވެސް ގައުމުގެ މަސަލަހަތު ކުރިއަށް ނެރުމުގެ ހިތްވަރު ދެއްވުމަށާއި ރާއްޖެއަށް އަމަންއަމާންކަމާއި ހެޔޮ ގޮތްތައް މިންވަރު ކުރެއްވުމަށް ރައީސް ޔާމީން ވަނީ ދުއާ ކުރައްވާފައެވެ. އަދި ސުނާމީ ކާރިސާގައި މިދުނިޔެ ދޫކުރި އުހްތުންނަށާއި އަހުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދިވެސް ﷲގެ ހަޒުރަތުގައި ވަނީ ދަންނަވާފައިވެއެވެ.

2004 ވަމަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާ ގެ ސުމަޓްރާ އަށް އެރި ބާރުގަދަ ބިންހެލުމާ ގުޅިގެން، އިންޑިއާ ކަނޑަށް ސުނާމީ އަރާ އޭގެ އަސަރު ރާއްޖެއަށް ވެސް ކުރި ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެފައިވާއިރު، 24 މީހުން ގެއްލިގެން ރިޕޯޓު ކޮށްފައިވެއެވެ. ގެއްލުނު މީހުން ފެނިފައި ނުވާތީ އެމީހުން ވެސް ފަހުން ރިޕޯޓު ކޮށްފައިވަނީ މިކާރިސާގައި ނިޔާވި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved