theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
ސަހްޔޫނީނުން ހަމާސްގެ ތަރުޖަމާން އަބޫ އޮބައިދާ މަރާލައިފި ކަމަށް ރިޕޯޓްކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
29 ޑިސެމްބަރު 2025
މާލެ ސިޓީ

ފަލަސްތީނުގެ އިސް ޖަމާއަތެއް ކަމަށްވާ ހަމާސްގެ އަސްކަރީ ގޮފީ ކަމަށްވާ ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާން އަބޫ އޮބައިދާ މަރާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު ފަލަސްތީނުގެ ޖަމާއަތަކުން ނެރުނު ބަޔާނެއްގައި މިކަން ވަނީ ކަށަވަރުކޮށްދީފައެވެ.

އަބޫ އޮބައިދާ ސަހްޔޫނީނުން މަރާލާފައިވާކަމަށް ހާމަކޮށްފައިވަނީ ފަލަސްތީނުގެ ޖަމާއަތަކުން ނެރުނު ބަޔާނެއްގައި ކަމަށްވާއިރު، އޭނާ މަރުވި ކަމުގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަހްޔޫނީންގެ ކަމާބެހޭ ފަރާތްތަކުން މިކަމާ ގުޅިގެން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އަބޫ އޮބައިދާއަކީ އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ހިނގަމުން ދިޔަ ދުވަސްވަރު ވަރަށް ގިނައިން މުހިންމު ބަޔާންތައް ދެއްވި ބޭފުޅެކެވެ. އޭނާގެ ބަޔާންތަކުން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ހާލަތާއި، ހަމާސްގެ ހަރަކާތްތަކާ ބެހޭ އެކި މައުލޫމާތުތައް ދުނިޔެއަށް ހާމަކޮށްދީފައެވެ. އޭނާގެ ނަން ފާހަގަކުރެވިފައިވަނީ ފަލަސްތީނުގެ ހަނގުރާމައިގެ މައިދާނުގައި ހަމާސްގެ އަޑު ގަދަ ކުރެއްވި އެއް ބޭފުޅާގެ ގޮތުގައެވެ.

އޭނާ މަރުވިކަމުގެ ޚަބަރު ފެތުރިފައިވާއިރު، މިކަމުގެ ސަބަބުން ހަމާސްއިން ރައްދު ދޭނެތޯ ބެލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved