
ޣައްޒާގައި ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާކޮށް، އެ ސަރަހައްދަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް ބަހަނާއެއް ދެއްކުމުގެ ގޮތުން ސަހްޔޫނީން ރާވައިގެން އަމިއްލައަށް ހަމަލާތަކެއް ދީފައިވާ ކަމަށް ސަހްޔޫނީންގެ ޖާސޫސީ އިދާރާ، މޮސާޑްގެ ކުރީގެ އެޖެންޓަކު ހާމަކޮށްފިއެވެ.
މޮސާޑްގެ ކުރީގެ އެޖެންޓަކު މިފަދަ ބޮޑު ތުހުމަތެއް ކޮށްފައިވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައެވެ. މި ވީޑިއޯގައި އޭނާ ބުނެފައިވަނީ، ޣައްޒާގެ ތެރެއިން ސަހްޔޫނީންނަށް އަމާޒުކޮށް ދިން ބައެއް ހަމަލާތަކަކީ، އެއީ ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާތަކެއްގެ ގޮތުގައި ދެއްކުމަށް ސަހްޔޫނީން އަމިއްލައަށް ރާވައިގެން ހިންގި އަމަލުތަކެއް ކަމަށެވެ.
އެ އެޖެންޓް އިތުރަށް ތުހުމަތުކުރި ގޮތުގައި، މިއީ ޣައްޒާ ބަލިކަށިކޮށް، އެ ސަރަހައްދު އެއްކޮށް ނައްތާލުމަށް ސަހްޔޫނީން ކުރިއަށްގެންދާ ބޮޑު ރޭވުމެއްގެ ބައެކެވެ. މިފަދަ މަކަރުވެރި އުކުޅުތައް ބޭނުންކޮށްގެން ދުނިޔޭގެ ސަމާލުކަން އަނބުރާލުމާއި، ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް ދިފާއުކުރުމަކީ ސަހްޔޫނީން އަބަދުވެސް ކުރަމުންދާ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
މި ވީޑިއޯއާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ އެއްވެސް ފަރާތަކުން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ވީޑިއޯގައި ކޮށްފައިވާ ސީދާ ތުހުމަތުތަކަށް ޖަވާބުދިނުމަށްވެސް ސަހްޔޫނީން ވަނީ އިންކާރުކޮށްފައެވެ.
މިފަދަ މަކަރުވެރި ރޭވުންތަކަކީ ސަހްޔޫނީ އިސްތިއުމާރުގެ ތާރީޚުގައި އާންމުކޮށް ބޭނުންކުރާ އުކުޅުތަކެއް ކަމަށް މުހައްލިލުން ފާހަގަކުރެއެވެ. ޣައްޒާގެ މުޖާހިދުންގެ ބޮލުގައި އިލްޒާމްތައް އަޅުވައި، ފަލަސްތީނުގެ ބިންތައް ފޭރިގަތުމާއި ނަސްލު ނައްތާލުމުގެ މަސައްކަތް ސަހްޔޫނީން ދަނީ މެދުކެނޑުމެއް ނެތި ކުރަމުންނެވެ.










