March 15, 2026
Advertisement
-
- / ތޭރަ އޮންލައިން

ދައުލަތުގެ ވަކި މުވައްޒަފުންތަކެއް ހެދުން އަޅަންޖެހޭ އުސޫލެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން: ޒަރިޔަންދު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 31, 2025, 08:19 PM
މާލެ ސިޓީ

ދައުލަތުގެ ވަކި މުވައްޒަފުންތަކެއް ހެދުންއަޅަންޖެހޭ އުސޫލެއް ހެދުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށް، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ސިވިލް ސާރވިސް މުވައްޒަފުން ވަޒީފާގެ މާހައުލުގައި ހެދުން އެޅުމުގެ މިންގަޑު ކަނޑާއަޅާ އުސޫލެއް ސަރުކާރުން އާންމުކުރުމާ ގުޅިގެން ޒަރިޔަންދު ވަނީ، އެކްސްގައި ޕޯސްޓުކުރައްވާފައެވެ.

ޒަރިޔަންދު ދެކެވަޑައިގަންނަވާ ގޮތުގައި ސިވިލް ސަރވިސް މުވައްޒަފުންނަކީ ދައުލަތުގެ ދާއިމީ ވަޒީފާގައި އެންމެ ދަށް މުސާރައިގައި ހިދުމަތްކުރާ މުވައްޒަފުންނަށްވެފައި، ފޮރިން އަދި ޖުޑިސަލް ސަރވިސް އާއި މިނިވަން މުއައްސަސާތަކާއި، ސިޔާސީ މަޤާމުތަކަކީ މުވައްޒަފުންނާބެހޭ އެހެން ޤަވާއިދުތަކެއްގެ ދަށުން ހެދުންއެޅުމުގެ އުސޫލު އޮންނަ ބަޔަކަށްވާއިރު، ދައުލަތުގެ ވަކި މުވައްޒަފުންތަކެއް ހެދުންއަޅަންޖެހޭ އުސޫލެއް ހެދުމަކީ އިންސާފުވެރިގޮތެއް ނޫނެވެ.

ހަމަ އެހެންމެ ދައުލަތުގެ މުވައްޒަފުން ހެދުން އެޅުމުގެ އުސޫލުތައް އޮންނަންވާނީ، ހަމަހަމަ ކަމާއި، ޤަދަރުވެރިކަމާއި، އެ ފަރާތްތަކުގެ ހައްޤުތައް ޤާއިމުކުރެވޭ ގޮތަކަށް ކަމަށް ޒަރިޔަންދުގެ ވިސްނުން ބައްޓަން ކުރައްވާކަން އޭނާގެ ޕޯސްޓުގައި ހާމަކުރައްވާފައިވެއެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު ބުދަ ދުވަހު އާންމު ކުރި އުސޫލުގައިވާ ގޮތުގައި އަންހެން މުވައްޒަފުންގެ ހެދުން ހުންނަންވާނީ ބޮޑު ފޮރުވޭ މިންވަރަށެވެ. އަދި ބޮލުގައި ކުލަ ޖެއްސުމާ ޝޭޑު ކުރުން ވެސް ވަނީ އަންހެން މުވައްޒަފުންނަށް މަނާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved