theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ސަން
ސިޔާސީ
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އިސްތިއުފާ ދެއްވައިފި
Yana Shareef
ޔާނާ ޝަރީފް
31 ޑިސެމްބަރު 2025

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމް އިސްތިއުފާ ދެއްވައިފިއެވެ.

ޗެނަލް 13 އަށް މައުލޫމާތު ލިބުނު ގޮތުގައި ބުދަ ދުވަހު 13:30 ގައި މުވައްޒަފުންނާ ބައްދަލު ކުރައްވައި އަޝްރަފް ވަނީ ބުދަ ދުވަހު 14:00 އިން ފެށިގެން މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައިފައެވެ.

އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

އަޝްރަފް އެކެޑަމީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ, އޮގަސްޓް, 2021 ގައެވެ. އޭނާގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހަށެވެ.

އަޝްރަފް އިސްތިއުފާ ދެއްވާފައި މިވަނީ އެކެޑަމީގެ ރައީސްކަމުގެ މަގާމުގައި ހުންނަވާތާ ހަތަރު އަހަރާއި ހަތަރު މަހާއި 22 ދުވަސް ފަހުންނެވެ.

އެކެޑަމީގެ ރައީސްކަމުގައި ހުންނަވާ އަޝްރަފް ވަނީ އަދަބީ މަސައްކަތްތަކާއި ބަހުގެ ކަންކަން ހަރުދަނާ ކުރައްވަން ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އޭގެ ތެރޭގައި ސްކޫލު ކުދިންނާއި އޮފީސްތަކަށް ޚާއްސަކޮށްގެން މުބާރާތްތަކާއި ތަމްރީނުތައް ކުރިއަށް ގެންދެވުން ހިމެނެއެވެ.

އެހެންނަމަވެސް އަޝްރަފް ހުއްޓާވެސް އެކަޑަމީ ހިންގަނީ ދިވެހި މިނިސްޓަރ އާދަމް ނަސީރެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved