March 13, 2026
Advertisement
 ރައީސް ޑރ. މުއިއްޒު އަދި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު
ރައީސް ޑރ. މުއިއްޒު އަދި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު / ރައީސް އޮފިސް

އައިއެމްއެފްގެ ލަފަޔާ ހިލާފަށް ގައުމިއްޔަތު މިނިސްޓްރީގެ މުސާރައަށް މަހަކު 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ

Hussain Nawaf
ހުސައިން ނަވާފް
May 18, 2025, 09:22 PM

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު އައިއެމްއެފްގެ ލަފަޔާ ހިލާފަށް ދިވެހި ބަހާއި ސަގާފަތް އަދި ތަރިކައާ ބެހޭ ވުޒާރާގައި 50 ސިޔާސީ މުވައްޒަފުން ތިބި ކަމާއި މުވައްޒަފުންގެ މުސާރައަށް މަހަކު 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރާކަން ހާމަވެއްޖެ އެވެ.

Advertisement

މިކަން ހާމަވެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ސަން އޮންލައިނުން ފޮނުވި އާރްޓީއައިގެ ޖަވާބުގަ އެވެ.

އެގޮތުން އެ މިނިސްޓްރީގައި 1 މިނިސްޓަރު، 4 ސްޓޭޓް މިނިސްޓަރުން، 10 ޑެޕިއުޓީ މިނިސްޓަރުން، 21 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން، 12 ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 1 އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރު ހިމެނޭކަމަށް ސަންގައިވަނީ ރިޕޯޓުކޮށްފަ އެވެ.

މީގެ އިތުރުން މިނިސްޓަރުގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި ވެސް ސިޔާސީ މުވައްޒަފަކު އައްޔަންކުރައްވާފައިވާ ކަމާއި އެ ހުރިހާ މުވައްޒަފުންގެ މުސާރައަށް މަހަކު 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަމަށް ރިޕޯޓުކޮށްފައިވެ އެވެ.

މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައި ވާގޮތުން މިދިޔަ އަހަރު އެ މިނިސްޓްރީން ވަނީ 53.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އަދި އެއީ 2023 ވަނަ އަހަރާ ބަލާއިރު 10.1 މިލިއަން ރުފިޔާ އިތުރު އަދަދެއްކަން ފާހަގަ ކުރެވެ އެވެ.

ދައުލަތުން މަހަކު ގައުމިއްޔަތު މިނިސްޓްރީގެ މުސާރަ ދިނުމަށް 1.3 މިލިއަން ރުފިޔާ ހަރަދު ކުރާ އިރު، ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.

ނަމަވެސް ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ އިދާރާއިން ނެރުނު ބަޔާނެއްގައިވަނީ ފާހަގަކޮށްފައެވެ. އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އައިއެމްއެފުން ގޮވާލާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved