މަޑުލު މުހައްމަދު ވަހީދު / ފޭސްބުކް
ހަބަރު
މަޑުލު މުހައްމަދު ވަހީދު އަވަހާރަވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
14 އޭޕްރީލު 2025
މާލެ ސިޓީ

ދިވެހި ބަހާއި އަދަބިއްޔާތާއި ނޫސްވެރިކަމަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ, މަޑުލު މުހައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

އޭނަ އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި މަޑުލު ވަހީދު އަވަހާރަވީ ވަރަށް އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

ރާއްޖޭގައި ދިވެހި ބަހާއި އަދަބިއްޔާގެ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޑުލު ވަހީދށް ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019 ގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެ އެވެ. އަދި ދިވެހި ބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ގައި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ.

މީގެ އިތުރުން ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ގައި ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2019 ގައި ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަން ވެސް ލިބިވަޑައިގެންފައިވެ އެވެ.

މަޑުލު މުހައްމަދު ވަހީދަކީ ދައުލަތުގެ މީޑިއާ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ވެސްމެ އެވެ. އަދި އެންމެފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަގާމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved