
ނުކުމެ ހުރީ ގާބިލުކަން ތަންދިން މިންވަރަކުން މާލޭގެ ރައްޔިތުންނަށް ޚިދުމތެއް ކޮށްދެވޭތޯ ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އެކްސްގައި އާންމު ރައްޔިތަކު ކުރިމަތިކުރުވި ވާހަކައަކަށް ޖަވާބު ދެއްވާ ޒަރިޔަންދު ވަނީ ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން އެމްޝާރިގު ގެ ނަމުގައި އެކްސްގައި ހިންގަމުންދާ ހެންޑްލްއިން ވަނީ ޒަރިޔަންދު އަކީ އަބަދުވެސް އޭނާ ސަޕޯޓުކުރާ މޮޅު ކީޕަރެއް ކަމަށާ އަބަދުވެސް ޒަރިޔަންދުއަށް ތާއީދުކުރާނެ ކަމަށްބުނެފައެވެ. ނަމަވެސް މޭޔަރު ކަމަށް ޒަރިޔަންދުއަކީ މާލެ ސިޓީގެ މޭޔަރު ކަމަށް އޮތް އިހުތިޔާރެއް ނޫން ކަމަށް ބުނެފައެވެ.
އެ ވާހަކައަށް ޖަވާބު ދެއްވާ ޒަރިޔަންދު ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި އެ އިހުތިޔާރު އޮތީ ރައްޔިތުން ކަމަށާ އޭނާ ނިކުމެ ހުރީ ގާބިލުކަމާ އޭނާގެ ދުރުވިސްނުމުގެ ތެރެއިން މާލޭގެ ރައްޔިތުންނަސް ހިދުމަތްކޮށްދިނުމުގެ ނިޔަތުގައި ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އޭނާގެ ގާބިލުކަމާ ދުރުވިސްނުން، ގަބޫލުކުރުމަށްފަހު ރައްޔިތުން ނިންމުން ނިންމާނީ ރަގަޅަށްކަމުގެ އިތުބާރު އޭނާއަށް އެބައޮތް ކަމަށްވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާއަށް ވަނީ ޕީއެންއެފްެ އެންޑޯޒްމަންޓު ލިބިފައެވެ. ޒަރިޔަންދު ކައުންސިލްއަށް ވާދަކުރައްވާނީ ނަމަވެސް މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.
ޒަރިޔަންދު ކުރިން ވިދާޅުވެފައިވަނީ މޭޔަރު ކަމަށް ސިޔާސީ ފިކުރުން ތަތްތެޅިފައި ތިބި ބަޔަކު އައިސްފި ނަމަ ރައްޔިތުންނަށް ޚިދުމަތްކުރުމަށް އެބަޔަށް ވަގުތު ނޯންނާނެ ކަމަށާ އެބަޔަކު އުޅެން ޖެހޭނީ އެ ޕާޓީއެއް ޕްރޮމޯޓުކުރުމުގައި ކަމަށެވެ.










