theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
އައު އަހަރު ހަނދާން ކުރަންވީ މުއިއްޒަކީ މަކަރުވެރިއެއްކަން: ޑރ ޖަމީލު
01 ޖެނުއަރީ 2026
މާލެ ސިޓީ

ފެށުނު މީލާދީ އައު އަހަރުގައި އެންމެ ބޮޑަށް ރައްޔިތުން ހަނދާން ބަހައްޓަން ޖެހެނީ ވެރިކަމުގައި ހުންނެވީ ދޮގުވެރި މަކަރުވެރިއެއް ކަން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ޝަހުޒާނު އޭނާގެ އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓަކާ އެކު ޑރ ޖަމީލު ވަނީ މިއަދު ރައްޔިތުންވީ ހޭން ކަމެއް ނުވަތަ ހިތާމަ ކުރަންވީ ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެގޮތުން އައު އަހަރު ފެށުމުގެ މުނާސަބާގައި ހުޅުމާލޭގައި ބޭއްވި ޑްރޯން ވޯގައި ރައީސް މުއިއްޒު ސިފަކުރެވޭ ގޮތަށް ތަސްވިރެއް ތަސްވީރު ކުރުމާ ގުޅިގެން ޝަހްޒާނު ވަނީ ވެރިންގެ ބޮޑެތި ފޮޓޯ އާއި ސްޓެޗޫ ފަދަ ރަމްޒުތައް ކޮންމެ ހަފުލާއަކާ ނުވަތަ ކޮންމެ މުނާސަބަތަކާ ގުޅުވައިގެން ދައްކާ ހެދުމަކީ ހުދުމުހުތާރު ވެރިންގެ ސިފަ އެއް ކަމަށް ބުނެފައެވެ. އަދި އެކަން ކުރަނީ އެމީހުންގެ ބާރުވެރިކަން ރައްޔިތުންނަށް ހަނދާން ކޮށްދިނުމަށް ކަމަށްވެސް ބުނެ ޝަހްޒާނު ވަނީ ރައީސް މުއިއްޒުއާ ސަރުޚާރުގެ އަމަލުތަކަށް ފާޑުކިޔާފައެވެ.

އެވާހަކަތަކަށް ބާރުދެއްވާ ޑރ ޖަމީލު ވިދާޅުވެފައިވަނީ، ހައިރާން ވާންވީ ތޯ ނުވަތަ ރައީސް މުއިއްޒުގެ ކިބައިގައި ހުރި ބޮޑާކަމާ ތަކައްބުރު ކަމުގެ މައްޗަށް ހިތާމަ ކުރަންވީ ތޯ ސުޥާލު އުފެދޭ ކަމަށެވެ. އެހެނީ ރައީސް މުއިއްޒު ވެރިކަން ހޯދީ ރައީސް އަބްދުﷲ ޔާމީނުގެ ހުސްގޮނޑި ދައްކައިގެން ދޮގާ މަކަރާ ހީލަތުން ކަމަށްވާއިރު، އެއީ މޮޅުކަމެއް ކަމަށް މުއިއްޒުއަށް ހީވެފައިވާ ކަމަށް ވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.

އެހެންކަމުން އާ އަހަރު ދިވެހިން ހަނދާން ކުރަންވީ މިހަގީގަތް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ މިއީ ދީނީ ވެގެން، ނުވަތަ ހަލާލް ހަރާމް އޮތްގޮތް ބަލާ ފަރާތެއް ނޫންކަން މިފަދަ ތަކައްބުރުވުމުގެ އަމަލުތަކުންވެސް އެނގިގެންދާ ކަމަށްވެސް ވިދާޅުވެފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، އާ އަހަރު ފާހަގަކުރުމަށް މާލޭގައި ބޭއްވި ޑްރޯން ޝޯގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިފަ ފެންނަ ގޮތަށް ޑްރޯންތައް އެތުރުމާ ގުޅިގެން، ސޯޝަލް މީޑިއާގައާއި އާންމުންގެ މެދުގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved