theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
އިރާނުގެ ދާޚިލީ މަސްލަހަތު ގަޑުބަޑުކޮށްލުމަށް ސަހްޔޫނީން ދޮގު ޕްރޮޕަގަންޑާ ފަތުރަނީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
03 ޖެނުއަރީ 2026
މާލެ ސިޓީ

އިރާނުގެ އެކި ސަރަހައްދުތަކުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ އެ ގައުމުގެ ސަރުކާރު ވައްޓާލުމަށް ކުރާ ހަރަކާތްތަކެއްގެ ގޮތުގައި ދެއްކުމަށް، އިސްލާމީ އުންމަތުގެ ދުޝްމަނުން ކަމުގައިވާ ސަހްޔޫނީން ނުބައި ރޭވުންތަކެއް ރާވައި، ދޮގު ޕްރޮޕަގަންޑާ ފަތުރަމުންދާކަން ހާމަވެއްޖެއެވެ.

މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އިރާނުގެ ބައެއް ސިޓީތަކުގައި އާންމުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކުގެ އަސްލު މަގުސަދަކީ، ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ ހާލަތު ދަށަށް ދިއުމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރުމެވެ. ނަމަވެސް، މިއީ ސަރުކާރު ބަދަލުކުރުމަށް ކުރާ "އިންގިލާބީ" ހަރަކާތްތަކެއްގެ ގޮތުގައި ސަހްޔޫނީ މީޑިއާތަކުން ދަނީ ސިފަކުރަމުންނެވެ.

އިރާނުގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި، ސަހްޔޫނީން މަސައްކަތް ކުރަމުންދަނީ އިރާނުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައި، ގައުމުގެ ހަމަޖެހުން ނަގާލުމަށެވެ. މިއީ އިސްލާމީ ގައުމުތަކުގެ ބާރު ކަނޑުވާލުމަށް ސަހްޔޫނީން ޒަމާނުއްސުރެ ގެންގުޅޭ ނުބައި ސިޔާސަތުގެ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

މި މުޒާހަރާތަކާ ގުޅޭގޮތުން ޚަބަރު ފަތުރާ ބައިނަލްއަގުވާމީ މުހައްލިލުން ފާހަގަކުރާ ގޮތުގައި، އިރާނުގެ ރައްޔިތުންގެ ޝަކުވާތަކަކީ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އިގްތިސާދީ ދަތިކަމާ ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، މިކަމުގެ ތެރެއަށް ސަހްޔޫނީން ވަދެގަނެ، މިއީ ސަރުކާރާ ދެކޮޅު ހަރަކާތެއްގެ ގޮތުގައި ދެއްކުމަށް ކުރާ މަސައްކަތަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު، ފިތުނަ އުފެއްދުމުގެ އަމަލެކެވެ.

ސަހްޔޫނީންގެ މިފަދަ ދޮގު މައުލޫމާތު ފެތުރުމުގެ އަސްލު މަގުސަދަކީ ފަލަސްތީނުގެ މުސްލިމުންނަށް އިރާނުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ހުއްޓުވައި، ސަރަހައްދީ ގޮތުން އިރާނުގެ ނުފޫޒު ކުޑަކުރުމެވެ. ނަމަވެސް، އިރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ބާރުތަކުން، ހާއްސަކޮށް ސަހްޔޫނީން ވަދެގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިސްލާމީ ގައުމުތަކުގެ ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved