February 27, 2026
Advertisement
-
- / ސީ.އެން.އެން

ވެނެޒުއޭލާގެ ރައީސްއާއި ފަސްޓް ލޭޑީ ވަގަށް ނަގައިގެން ގައުމުން ބޭރަށް ނެރެފިކަމަށް ޓްރަމްޕް ބުނެފި

Jan 3, 2026, 08:41 PM

ވެނެޒުއޭލާއަށް އެމެރިކާ ސިފައިން އަރާ އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސް، ވެނެޒުއޭލާއިން ބާލާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިޔާ ޕްލެޓް ފޯމް ޓްރުތުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޑޫރޯއާ ދެކޮޅަށް ވެނެޒުއޭލާގައި ހިންގި އޮޕަރޭޝަން ކާމިޔާބުކޮށް، މަޑޫރޯގެ އިތުރުން އޭނާގެ އަނބިކަނބަލުން އެމެރިކާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އޮޕަރޭޝަންގެ ތެރެއިން އެމެރިކާގެ ބެލުމުގެ ދަށަށް ގެނައި މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ވެނެޒުއޭލާއިން އެ ބޭރުކޮށްފައިވާ ކަމަށް ވިދާޅުވިނަމަވެސް މަޑޫރޯ އާއި އޭނާގެ އަނބިކަނބަލުން ގެންދަނީ ކޮން ގައުމަކަށް ކަމެއް ޓްރަމްޕް ހާމައެއް ނުކުރައްވަ އެވެ.

ވެނެޒުއޭލާއަށް އެމެރިކާއިން ފުލުފުލުގައި ދިން ވައިގެ ހަމަލާތަކުގައި އެ ގައުމުގެ މިލިޓަރީ ސައިޓްތަކާއި އެކި ހިސާބުތަކަށް ވަނީ ގެއްލުން ދީފައެވެ.

ވެނެޒުއޭލާއިން ވަނީ އެ ގައުމަށް ދޭން ފެށި ހަމަލާތަކާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި މަޑޫރޯ ދަނީ މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހިކޮށް އިސްކޮށް އެކަމުގެ ތެރޭގައި އުޅުއްވަމުންނެވެ. ނަމަވެސް މަޑޫރޯ ވަނީ އެކި ޕްލެޓްފޯމްތަކުގައި އެކަން ދޮގުކުރައްވާފައެވެ.

ޓްރަމްޕް ސީދާ އަންގަވައިގެން ވެނެޒުއޭލާއަށް މިއަދު އެމެރިކާއިން ހަމަލާދިންއިރު ވެނެޒުއޭލާގެ ރައީސް އާ ދެކޮޅަށް ޓްރަމްޕް ވާހަކަދައްކަވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެކި ކަހަލަ އިންޒާރުތައް އަންނަނީ ދެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved