February 27, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ވެނެޒުއެލާ ރައީސް ވަގަށް ނެގުން: އިރާނަށް މިއީ އިންޒާރެއްކަމަށް ސަހްޔޫނީން ބުނަން ފަށައިފި

Yana Shareef
ޔާނާ ޝަރީފް
Jan 4, 2026, 06:36 AM

ވެނެޒުއެލާގެ ރައީސް އެމެރިކާއިން ވަގަށް ނަގައިގެން ގެންދިޔަ ހާދިސާއަކީ އިރާނަށް ދެވުނު ވަރުގަދަ އިންޒާރެއް ކަމަށް ބުނެ، ސަހްޔޫނީންގެ އިދިކޮޅު ލީޑަރު ޔައީރު ލަޕިޑް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

Advertisement

ސަހްޔޫނީންގެ އިދިކޮޅު ލީޑަރު މިފަދަ މޭރުމަކުން ވާހަކަދައްކާފައިވަނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައެވެ.

އޭނާ ބުނެފައިވާ ގޮތުގައި، ވެނެޒުއެލާގެ ރައީސް އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަދައިން، އިރާނުގެ ތެރެއަށް ވެސް ވަދެގަނެ އެފަދަ ފިޔަވަޅެއް އެޅުމުގެ ގާބިލުކަން އެބައޮތެވެ.

މި ޚަބަރު ފެތުރިގެން ދިޔައީ ވެނެޒުއެލާގައި ހިނގާދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެ ގައުމުގެ ރައީސް އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔަ ކަމަށް ބުނާ މައުލޫމާތުތަކާ ގުޅިގެންނެވެ. ސަހްޔޫނީ ލީޑަރުގެ މި ވާހަކަތަކަކީ ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އިރާނަށް ބިރުދެއްކުމުގެ ގޮތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި އިންޒާރާ ގުޅިގެން އިރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައިނުވި ނަމަވެސް، ސަހްޔޫނީންގެ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަދި ސަރަހައްދީ ސުލްހައަށް އޮތް ނުރައްކަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އެމެރިކާ އާއި ސަހްޔޫނީން ގުޅިގެން ހިންގާ މިފަދަ އަމަލުތަކަކީ މިނިވަން ދައުލަތްތަކުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved