May 1, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަނޑުއެހުން ތާވަލްނުވެ 3 މަހާ 14 ދުވަސް

Fathmath Reem
ފާތުމަތު ރީމް
Mar 6, 2024, 05:19 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށައަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑިއެހުން ތާވަލް ނުވެ 3 މަހާ 14 ދުވަސް ފާއިތުވެގެން ގޮެއްސިއެވެ.

Advertisement

އެންމެ ފަހުން ހައިކޯޓުގައި ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެދުވަހު ހައިކޯޓުން ވިދާޅުވީ ދެފަރާތުންވެސް ބަހެއް ވިދާޅުވާން ނެތްނަމަ ދެން އޮންނާނީ ހުކުމް އިއްވުމުގެ އަނޑުއެހުން ކަމުގައެވެ.

އެހެންނަމަވެސް މިއަދާ ހަމައަށްވެސް ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފުކޮށްލުމަށް ޗެނަލް 13 ގެ ފަރާތުން ހައިކޯޓަށް ގުޅާލުމުން އެބޭފުޅުންގެ ފަރާތުންވެސް އެންމެ އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ. ހައިކޯޓުން ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަިގެން އަޑުއެހުން ތާވަލް ކުރެވޭނެ ދުވަހެއް އަދި ނޭންގޭ ކަމަށާއި އަދި މި މައްސަލަ ލަސްވާ ކަމަށްވެސް ގަބޫލް ނުކުރާ ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލް ނުވެ ލަސްތަކެއް ވަމުން އަންނާތީ މީގެ ކުރިން އެމަނިކުފާނުގެ ގާނޫނީ ޓީމުންވެސް ވަނީ ހައިކޯޓަށް ވަޑައިގެން ނުރުހުން ފާޅު ކޮށްފައެވެ. އަދި ގާނޫނީ ޓީމުގެ ފަރާތުން އެމަނިކުފާނުގެ އިސްގާނޫނީ ވަކީލް ޑރ ޖަމީލް ވެސް ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއްެވެސް ނެރެފައެވެ.

ރައީސް ޔާމީންގެ މައްސަލަ އަށް މި ސަރުކާރުން ވެސް ނުފޫޒު ފޯރުވަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved