February 27, 2026
Advertisement
.
. / ނިއުސް ފަރސްޓް

ވެނެޒުއެލާއަށް އިތުރު ހަމަލާއެއް ދޭންވެސް ތައްޔާރުކަމަށް ޓްރަމްޕު ބުނެފި

Yana Shareef
ޔާނާ ޝަރީފް
Jan 4, 2026, 07:54 AM

ވެނެޒުއޭލާއަށް އިތުރު ހަމަލާއެއް ދޭން އެމެރިކާ ތައްޔާރަށް އޮތް ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

Advertisement

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ މޮރޮސް އާއި އަނބިކަނބަލުން ކްލިރިއާ ފްލޮރެސް ވަގަށް ނަގައިގެން، ރޭ ފަތިހު ވަނީ ގެންގޮސްފައެވެ.

އެމެރިކާ ސިފައިން އެ ގައުމަށް އެއްގަމުން މަގުން އަރައިގަނެ، ރައީސް ވަގަށް ނަގައިގެން ގެންދިިޔައިރު، އޭގެ ކުރިން އެމެރިކާއިން ވަނީ އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކަކީ މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފެށި ހަރަކާތްތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓްރަމްޕް މިއަދު ބުނީ ވެނެޒުއޭލާއަށް ދެވަނަ ހަމަލާއެއް ދޭން އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ހަމަލާ ކާމިޔާބުވުމުން ދެވަނަ ހަމަލާއެއް ދޭން ނުޖެހޭނެކަމަށް އޭނާ ބުންޏެވެ.

އެމެރިކާއިން ވެނެޒުއެލާއަށް އަރައިގަނެ އެ ގައުމުގެ ރައީސް ވަގަށް ނެގި މައްސަލަ ގިނަ ގައުމުތަކުން ކުށްވެރިކުރަމުން އަންނައިރު އދ އިން ވެސް ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފުވިކަމަށްބުނެ އެމެރިކާގެ އަމަލު ކުށްވެރިކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved